އޭނާ ރާއްޖެއިން ފުރާވަޑައިގަތީ، މިދިޔަ އޭޕްރީލް މަހު ކަމަށް މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ގެ ރައީސާ ޝަހިންދާ އިސްމާއީލް ވިދާޅުވެއްޖެއެވެ.
ޝަހިންދާ މިހެން ވިދާޅުވީ އޭނާ ރާއްޖެއިން ފުރި ތާރީހު އެއްވެސް މީހަކު އެނގެން ބޭނުންތޯ އައްސަވައި މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.
އަޅުގަނޑު ރާއްޖޭން ފުރީ މިދިޔަ އޭޕްރީލް މަހު 10 ވަނަ ދުވަހު. ރާއްޖޭގެ އިމިގްރޭޝަނުން ވެސް މިކަން ޔަގީން ކުރެވޭނެ." ޝަހިންދާގެ ޓުވީޓުގައި ވިދާޅުވި އެވެ.
ޝަހިންދާ މިހެން މި ވިދާޅުވީ، އޭނާ ރާއްޖެއިން ފުރާވަޑައިގަތީ، އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރުނު ރިޕޯޓުގެ ތަހުގީގު ކުރިއަށް ދަނިކޮށް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަދައްކަމުންދާ ވަގުތެއްގަ އެވެ.
ނަމަވެސް ފުލުހުންވެސް ވަނީ އެމްޑީއެން ގެ މައްސަލަ ސަމާލުކަމަށް އައި އިރުވެސް، އެ ނެޓްވޯކުގެ ރައީސާ ޝަހިންދާ ރާއްޖޭގައި ނޫޅުއްވާ ކަމަށް ބުނެފައެވެ.