ބޮލީވުޑް

ޑަބަންގް ތިނެއްގެ ޓްރެއިލާ ރިލީސްކޮށްފި

މިއަަހަރު އެންމެ އިންތިޒާރު ކުރަމުންދިޔަ އެއް ފިލްމު ޑަބަންގް ތިނެއްގެ ޓްރެއިލާ ރިލީސްކޮށްފިއެވެ. ޓްރެއިލާ އިން އެކަނިވެސް ފިލްމަކީ އެކްޝަން، ޑްރާމާ، ރޮމާންސް އަދި ސަޅި ޑައިލޮގްސް ހިމެނޭ ފިލްމެއްކަން ހާމަވެއެވެ.

ޓްރެއިލާ ފެށެނީ "ޕޮލިސްވާލާ ގުންޑާ" އެއްގެ ގޮތުގައި ސަލްމާން ތައާރަފްވެގެންނެވެ. އެއަށްފަހު ފެނިގެންދަނީ ކުރިއާ މިހާރުގެ އޭނާގެ ދިރިއުޅުމުގެ މަންޒަރުތަކެވެ. ސަލްމާންގެ ޗުލްބުލް ރޯލުން ފެނިގެންދާ މޮޅެތި "ކިކްސް" އަދި "ޕަންޗް" ވެސް ޓްރެއިލާ އިން ފެނިގެންދެއެވެ.

ފިލްމުގެ ޓްރެއިލާ ރިލީސްކުރީ ފިލްމުގެ ކާސްޓުން ހިމެނޭ ހަފްލާއެއްގަ މުމްބާއީގައެވެ. މުމްބާއީގެ އިތުރުން ހަމަ އެވަގުތު އިތުރު ނުވަ ސިޓީއެއްގައި ޓްރެއިލާ ރިލީސް ކުރިއެވެ. އެއީ ޗެންނާއި، ބެންގަލޫރު، ހައިދަރްއާބާދް، ދެއްލީ، ޖެއިޕޫރު، ކޮލްކަތާ، އަހްމަދްއާބާދް، އިންދޯރު އަދި ލަކްނައުއެވެ.

ފިލްމު ޑަބަންގް ތިނެއް ރިލީސްކުރަނީ މިއަހަރު ޑިސެމްބަރު 20ގައެވެ.