ވޯލްޑް ބޭންކު

ރާއްޖޭގައި ވޯލްޑް ބޭންކްގެ އޮފީހެއް ހުޅުވަނީ

ރާއްޖޭގައި ވޯލްޑް ބޭންކްގެ އޮފީހެއް ހުޅުވަން ނިންމައިފިއެވެ.

ރާއްޖޭގައި ވޯލްޑް ބޭންކްގެ އޮފީހެއް ހުޅުވުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިމަހު ބޭއްވި ވޯލްޑް ބޭންކްގެ އަހަރީ ޖަލްސާގައެވެ.

އެކަމާ ގުޅޭ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަދި ވޯލްޑް ބޭންކްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސައުތު އޭޝިއާ ރީޖަންގެ ނައިބު ރައީސް ހާޓްވިގް ޝެފާއެވެ.

މިމަހުގެ 18 އިން 20 އަށް ކުރިއަށްދިޔަ ވޯލްޑް ބޭންކްގެ އަހަރީ ޖަލްސާގައި މިނިސްޓަރު އަމީރު ބައިވެރިވެވަޑައިގެންނެވީ އެ ބޭންކްގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ގަވަރުނަރުގެ ހައިސިއްޔަތުންނެވެ.

ދެކުނު އޭޝިއާގެ ކަނޑުތަކުގައި ޕްލާސްޓިކް މަދުކުރުމުގެ އިވެންޓުގައި މިނިސްޓަރު އަމީރު ވަނީ ފަތުރުވެރިކަމަށް ބަރޯސާވާ ރާއްޖެ ފަދަ ގައުމަކަށް ޕްލޭސްޓިކްގެ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމުގެ މުހިންމުކަމަށް އަލިއަޅުވާލައި ވާހަކަދައްކަވައިފައެވެ.