ރާއްޖޭގެ ދެކުނުގެ ރަށެއްގައި، ޓީޗަރަކު އެ ސުކޫލުގެ އަންހެން ދަރިވަރުން ތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލަން ފަށައިފިއެވެ.
ޖެންޑާ މިނިސްޓްރީން ބުނީ މިފަދަ މައްސަލައެއް އެ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. ނަމަވެސް މީގެ އިތުރު އެއްވެސް ތަފުސީލެއް އެ މިނިސްޓްރީން ދީފައެއް ނުވެއެވެ.
ފުލުހުން ބުނީ ދެކުނުގެ ރަށެއްގައި އަންހެން ކުދިން ތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށްފައިވަނީ އެ ސުކޫލުގައި ކިޔަވައިދޭ ބިދޭސީ ޓީޗަރަކަށް ކަމަށެވެ.
އަދި މި މައްސަލަ ފެމެލީ އެންޑް ޗިލްޑްރަން ސާވިސް ސެންްޓަރާއި ގުޅިގެން މިހާރު އަންނަނީ ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން ބުންޏެވެ.