ޓުއަރިޒަމް

ބެސްޓް ސްޕާ ޑެސްޓިނޭޝަން އެވޯޑް ރާއްޖެއަށް ލިބިއްޖެ

އާނިފާ ހުސެއިން ސިރާޖް

އިންޑިއާ ކަނޑުގެ އެންމެ ރަނގަޅު ސްޕާގެ ހިދުމަތްދޭ މަންޒިލަށް ދޭ އެވޯޑު، "ބެސްޓް ސްޕާ ޑެސްޓިނޭޝަން" އެވޯޑު ރާއްޖެއަށް ލިބިއްޖެއެވެ.

ދުބާއީގެ އަރްމާނީ ހޮޓަލުގައި ބޭއްވި ފަސްވަަނަ އަހަރީ "ވޯލްޑް ސްޕާ އެވޯޑްސް" ގައި ރާއްޖެއަށް ލިބުނު "ބެސްޓް ސްޕާ ޑެސްޓިނޭޝަން" އެވޯޑާ ހަވާލުވެވަޑައިގެންނެވީ ރާއްޖެއިން ޔޫއޭއީ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ހުސެން ނިޔާޒް އެވެ.

ވޯލްޑް ސްޕާ އެވޯޑްސް އަކީ 2015 ވަނަ އަހަރު އުފެދިގެން އައި، އެންމެ ރަނގަޅު ސްޕާގެ ހިދުމަތްދޭ ގައުމުތައް ފާހަގަކޮށް، ދެވޭ އެވޯޑެކެވެ.

މި އެވޯޑުގެ އެންމެ ބޮޑު އެއް މަގުސަދަކީ ސްޕާތަކުގެ ހިދުމަތާއި ފެންވަރު ރަނގަޅުކޮށް ޓޫރިޒަމާއި އެފަދަ ކަންކަމުގައި ގުޅުންހުރި ދާއިރާތަކުން ކުރިއަރާފައިވާ ފަރާތްތައް ފާހަގަކޮށް އެފަރާތްތަކުގެ މަސައްކަތުގެ އަގުވަޒަން ކުރުމެވެ.