ބޮލީވުޑް

ޕާގަލްޕަންތީ ޓްރެއިލާ: ހީހީ ހަލާކު!

"ނޯ އެންޓްރީ" އަދި ވެލްކަމް" ކަހަލަ ފިލްމުތައް އުފައްދާފައިވާ، އަނީސް ބާޒްމީ އަނެއްކާވެސް އެހާ މަޖާ ކޮމިކް ފިލްމެއް ގެނެސްދޭން ތައްޔާރުވެއްޖެއެވެ.

ޕާގަލްޕަންތީގެ ނަމުގައި ނެރޭ މި ފިލްމުގެ މަޖާ ޕޯސްޓަރުތައް ވަނީ މީގެ ކުރިން ރިލީސްކޮށްފައެވެ. މިފަހަރު މިއޮތީ ޓްރެއިލާ ވެސް ރިލީސްކޮށްފައެވެ.

ފިލްމުގެ ޓްރެއިލާ އިން ފެންނަނީ ފިލްމުގައި ހިމެނޭ "ކްރޭޒީ" ކަންތައްތަކެވެ. ޖޯން އަބްރަހަމް، ޕުލްކިތް ސަމްރަތު އަދި އަރްޝާދް ވާސީ ލީޑް ރޯލުން ފެނިގެންދާ މި ފިލްމުގައި އެމީހުންގެ މަޖާ ކެރެކްޓަރުތައް ފެނިގެންދެއެވެ. ފިލްމުގައި އަނިލް ކަޕޫރު ކުޅެނީ "ވެލްކަމް" ގައި އޭނާ ކުޅުނު "މަޖްނޫ ބައި" ގެ ރޯލާ ގާތްގަނޑަކަށް އެއްވައްތަރުގެ ރޯލެކެވެ.

މި ފިލްމުގެ ބަތަލާއިންގެ ތެރޭގައި ހިމެނެނީ އިލީނާ ޑި'ކްރޫޒް، ކްރިތީ ކަރްބަންޑާ އަދި އުރްވަޝީ ރައުޓެއްލާ އެވެ.

މި ހެއްވާ މަޖާ ފިލްމު ރިލީސް ކުރަން ހަމަޖެހިފައިވަނީ އަންނަމަހު 22 ގައެވެ.