ވާނީ ކަޕޫރަކީ ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން ފިޓްނަސްއަށް ވަރަށް ބޮޑަށް ބަލައިގެން އުޅޭ ތަރިއެކެވެ. އޭނާ ކަސްރަތު ކުރާ ފޮޓޯ އާއި ވީޑިއޯ ފޭނުންނާ އަބަދުހެން ހިއްސާވެސް ކުރެއެވެ.
އެހެން ކަމުން ނޫސްވެރިން މިވަނީ ވާނީއަށް ބޮލީވުޑްގައި އެންމެ ރީތި ހަށިގަނޑު ހުރީ ކޮން ފިރިހެން ތަރިންނެއްގެ ތޯ ސުވާލު ކޮށްފައެވެ. މީގެ ކުރިން ބަތަލު ޝުޝާންތު ސިންގް ރާޖްޕުޓް އަދި ރަންވީރު ސިންގާ އެކުވެސް މަސައްކަތް ކޮށްފައިވާ ވާނީ ދިނީ ވަރަށް ޑިޕްލޮމެޓިކް ޖަވާބެކެވެ. އިތުރު ވިސްނުމަކަށްވެސް ނުގޮސް ވާނީ ބުނީ ޝުޝާންތުވެސް އަދި ރަންވީރަކީވެސް ހަށިގަނޑު ރީތިކޮށް ބަހައްޓަން ވަރަށް މަސައްކަތް ކުރާ ދެތަރިން ކަމުން އޭނާއަށް އެދެމީހުންގެ ހަށިގަނޑުވެސް ވަރަށް ރީތި ކަމަށެވެ.
ވާނީ އެންމެ ފަހުން ފެނިފައިވަނި ރިތިކް ރޯޝަން އަދި ޓައިގާ ޝްރޮފް އާއެކު ފިލްމު ވޯ ގައެވެ.