ބޮލީވުޑް

ފުއްޕާމޭގެ މައްސަލައެއްގައި އަމީތާބް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ބޮލީވުޑްގެ މެގާ ސްޓާ އަމީތާބް ބަޗަން ފުއްޕާމޭގެ މައްސަލައެއްގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

ރިޕޯޓްތައްބުނާ ގޮތުގައި އަމީތާބް އެޑްމިޓްކޮށްފައި އޮންނަތާ މިހާރު ތިން ދުވަސްވެއްޖެއެވެ.

އަންގާރަ ދުވަހު ކުއްލިއަކަށް އެރި ތަދަކާއެކު އަމީތާބް ހޮސްޕިޓަލަށް ދިއުމުން ވަގުތުން އެޑްމިޓް ކުރިކަމަށާއި ފަރުވާ ދެމުންދަނީ ފުއްޕާމެއަށް ކަމަށް ރިޕޯޓްތައްބުނެއެވެ.

1982ގައި އަމީތާބް އަށް ދިމާވި އެކްސިޑެންޓެއްގައި ފަރުވާ ހޯދަމުންދަނިކޮށް ވަނީ ހެޕަޓައިޓިސް ބީ ވައިރަސް ޖެހިފައެވެ.

އޭރު އަމީތާބްއަށް ލޭ ދިން މީހާގެ ހަށިގަނޑުގައި ހެޕަޓައިޓަސް ބީ ވައިރަސް ހުއްޓާ އަމީތާބަށް ލޭ ދިނުމުން އެ ވައިރަސްއިން އަސަރު ކުރުމުގެ ސަބަބުން އަމީތާބްގެ ފުއްޕާމޭގެ 75 ޕަސެންޓް މަސައްކަތް ކުރުން ހުއްޓުނެވެ. އޭރުން ފެށިގެން އަމީތާބް އަންނަނީ ފުއްޕާމެއަށް ބޭސްކުރަމުންނެވެ.

އަމީތާބް މިހާރު އެޑްމިޓްކޮށްފައި ވަނީ ސިޓީ ހޮސްޕިޓަލުގައި އައިސީޔޫގޮތަށް ތައްޔާރު ކޮށްފައިވާ ހާއްސަކޮޓަރިއެއްގައެވެ. އަމީތާބް އެޑްމިޓްކޮށްފައި އޮތްކަން ގިނަ މީހުނަށް ނޭނގޭތީ ގޮވާލަން ،މާގިނަ މީހުން ނުދިޔަ ނަމަވެސް އާއިލާ އިން ދަނީ އަމީތާބާއެކު ވަގުތު ހޭދަކުރަމުން ކަމަށްވެއެވެ.