އަންހެނުންގެ އެކަނިވެރިކަން ފެނުން މުހިންމު ކަމަށާއި ފިލްމު ކަބީރު ސިންގް ގައި ޝާހިދު ކުޅުނު ރޯލާއި ހޮލީވުޑް ފިލްމު ޖޯކާ ކަހަލަ ރޯލު ތަކުން އަންހެނުން ފެންނަން ޖެހޭ ކަމަށް ބަތަލާ ޖާންވީ ކަޕޫރު ބުނެފިއެވެ.
"ދުނިޔެ މިދަނީ ބަދަލުވަމުން. އަންހެނުން ހަމައެކަނި ސެންސަޓިވް ރޯލުތަކުން ފެނުމުގެ ބަދަލުގައި ތަފާތު ރޯލުތަކުން ފެންނަން އެބަޖެހޭ. އިންޑިއާގެ ފިލްމެއްގައި އެގޮތަށް އަންހެނެއްގެ ރޯލު ޕޯޓްރޭ ކޮށްފައިވާކަން ހަނދާންވަނީ ފިލްމު ބަންދިނީ ގައި ނުތަން ކުޅެފައިފާ ބައިގައި" މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޖާންވީ ބުންޏެވެ.
ޖާންވީ އިތުރަށް ބުނީ އަންހެނުންގެ އެކަނިވެރިކަމާއި އަނދިރި ފަރާތްވެސް ފިލްމުތަކުން ފެންނަން ޖެހޭ ކަމަށެވެ. "މިސާލަކަށް ކަބީރު ސިންގްގައި ޝާހިދުގެ ރޯލު ނުވަތަ ހޮލީވުޑް ފިލްމު ޖޯކާގެ ރޯލު ކަހަލަ ރޯލު ތަކުން އަންހެނުން ފެންނަން ޖެހޭ" ޖާންވީ ބުންޏެވެ.
ފިލްމު ދަޅަކްއިން ބޮލީވުޑަށް ނުކުތް ޖާންވީއަށް ނޫސްވެރިޔަކު ވަނީ އެކްޓްކުރުމާ މެދު އޭނާ އެންމެ ހިތްހަމަޖެހޭ ކަމަކީ ކޮބައިތޯ ސުވާލުކޮށްފައެވެ. އެއަށް ޖާންވީ ބުނީ ކެމެރާ ކުރިމައްޗަށް އެރުމަކީ ލިބޭ އުފަލެއް ކަމަށާއި، ފިލްމުތަކުން ލިބޭ ފިލާވަޅުތަކާއި ދަތުރުތައް ކުރެވޭކަމީ އެކަމަށް އުފެދޭ އެންމެ ބޮޑު ޝައުގުކަމަށެވެ.
ނަމަވެސް އޭނާ އަކީ އެހާ މީސްމީޑިއާގައި އެކްޓިވް މީހެއް ނޫން ކަމަށާއި އޭނާގެ ޓީމުން އެކަމަށް އަބަދުވެސް ބާރު އަޅާކަމަށް ޖާންވީ ބުންޏެވެ.