ޕޮލިސް

އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ފަތުރާ ފޭސްބުކް ޕޭޖެއްގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި

އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ފަތުރާ ފޭސްބުކް ޕޭޖެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ، އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ލިޔެ، ފޭސްބުކް ޕޭޖެއްގައި ފަތުރަމުންދާ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.

އެ ޕޭޖުގައި ދިވެހި ބަހުން ގިނަ ޕޯސްޓުތަކެއް ކޮށްފައިވާ އިރު، އިސްލާމްދީނަށް ފުރައްސާރަކޮށް ޕޯސްޓުތައް ކޮށްފައި ހުރެއެވެ. އެ ޕޭޖުގައި އިސްލާމްދީނަށް ފުރައްސާރަކޮށް ޕޯސްޓުކުރަން ފަށާފައިވަނީ ވަރަށް ފަހުންކަން ފެންނަން ހުރެއެވެ.

ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށާފައި މިވަނީ ގިނަ ބަޔަކު އެކަން ބެލުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލަމުން ދަނިކޮށެވެ.