ޕޮލިސް

ހަދަމުން އަންނަ އިމާރާތެއްގެ ފަސްވަނަ ބުރިން ވެއްޓުނު ބިދޭސީއަކަށް ފަރުވާދެނީ

އާނިފާ ހުސެއިން ސިރާޖް

ފަރީދީ މަގުގައި ހަދަމުން އަންނަ އިމާރާތެއްގެ ފަސްވަނަ ފަންގިފިލައިން ބިދޭސީއަކު ވެއްޓިގެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

އިމާރާތުން ވެއްޓިފައިވަނީ 32 އަހަރުގެ ބަންގުލަދޭޝް މީހެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ މިކަމުގެ ރިޕޯޓު މިއަދު ހެނދުނު 09:52 ހާއިރު ލިބުމާއެކު އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

މި ބިދޭސީ މީހާގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން މައުލޫމާތުދެއެވެ. އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމިހާއަށް މިހާރު އަންނަނީ އެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގައި ފަރުވާދެމުން ކަމަށާއި އެހެންކަމުން ލިބިފައިވާ އަނިޔާތައް އަދ ވިދާޅުވާން ދަތި ކަމަށެވެ.