ބޮލީވުޑް

ސައުދީގެ އެއާޕޯޓުގެ ބިލްބޯޑަށް އެރި ފުރަތަމަ ބޮލީވުޑް ބަތަލާއަކަށް ޖެކުއިލިން

ބޮލީވުޑަށް މީ އަނެއްކާވެސް ފަހުރުވެރި ވަގުތެކެވެ. ބަތަލާ ޖެކުއިލިން ފެނާންޑިޒް މިވަނީ ސައުދީ އަރަބިއްޔާގެ ކޮސްރޯއީ އިންޓަނޭޝަނަލް އެއާޕޯޓް (ކޭއެސްއޭ) ގައި ބަހައްޓާފައިވާ ބިލްބޯޑުތަަކުން ޖާގަހޯދާފައެވެ.

އަންހެނުންނަށް ގިނަ ފިއްތުންތައް ކުރިމަތިވާ އެއް ގައުމު ކަމަށްވާ ސައުދީގައި ޖެކުއިލިން އަށް މިލިބިގެންދިޔަ ފުރުސަތާ ގުޅޭގޮތުން އޭނާ ބުނީ ސައުދީގެ ވުމެން ލިބެރޭޝަންގެ މޫނަކަށް ވާން ބޭނުން ނުވާކަމަށެވެ. އެ މަގާމު ހައްގުވާ މާ މޮޅު އަދި ކާމިޔާބު އަންހެނުން ތިބިކަން ފާހަގަ ކުރަމުން ޖެކުއިލިން އިތުރަށް ބުނީ އެއާޕޯޓުގައި އޭނާގެ ފޮޓޯ ބެހެއްޓުމުން ލިބުނީ ބޮޑު ފަހުރެއްކަމަށެވެ. ސައުދީން ފަހަކަށް އައިސް އަންހެނުން ކުރިއެރުވުމާއި އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރާކަންވެސް ޖެކުއިލިން ފާހަގަ ކުރިއެވެ.

ޖެކުއިލިން އަށް ވަނީ ސައުދީގައި ދަބަންގް ޓުއާގައި ހަރަކާތްތެއް ހުށަހެޅުމުގެ ފުރުސަތު ލިބިފައެވެ. އަދި އެޝޯ އިންޑިއާއަށް ގެންނަން ބޭނުންވާ ކަމަށް ޖެކުއިލިން ބުންޏެވެ.

ޖެކުއިލިން އަކީ އަންހެނުން ބާރުވެރިކުރުމަށް ވަރަށް ބޮޑަށް ވަކާލާތު ކުރާ އެކްޓްރެސްއެކެވެ. ގިނަ ބްރޭންޑްތަކެއްގެ އެމްބެސަޑަރުކަންވެސް ކުރަމުން އަންނަ ޖެކުއިލިން ހަމައެކަނި އެންޑޯސްކުރަނީ "އެނިމަލް ފްރީ" ޕްރޮޑަކްޓްސްތަކެވެ.

ދެން ޖެކުއިލިން އެންމެ އަވަހަށް ފެނިގެންދާނީ ސަލްމާން ޚާން އާއެކު ކިކް ދޭކުންނެވެ. ފިލްމު ރިލީސްކުރަނީ މިއަހަރު ޑިސެމްބަރުގައެވެ.