ބޮލީވުޑް

ބާރަތްގައި ކެޓްރީނާގެ ރޯލު މިސްޓްރީ އަކަށް

މީގެ ދުވަސްކޮޅެއް ކުރިން ކެޓްރީނާ ހާމޮނިއަމް ކުޅެން އިން ފޮޓޯއެއް ވައިރަލް ވުމާ ގުޅިގެން ފިލްމް ބާރަތްގައި ކެޓްރީނާގެ ރޯލަކީ ލަވަކިޔުންތެރިއެއް ރޯލު ކަމަށް ގިނަ ބަޔަކު ވަނީ ހަބަރު ފަތުރާފައެވެ.

ނަމަވެސް މިހާރު މިވަނީ އެހެން ފޮޓޯއެއް ވައިރަލް ކޮށްލާފައެވެ. މިފަހަރުގެ ފޮޓޯގައި ކެޓްރީނާ އިނީ މޭކަޕް އާޓިސްޓުން ވަށާލާފައި ވުމުން ފޮޓޯގައި ކެޓްރީނާ އިނީ އެކީގައި ފޮރުވިފައެވެ.

އެހެން ކަމުން ކްރިޓިކްސް އިން ބުނާ ގޮތުގައި ފިލްމް އުފައްދާ ފަރާތުންނާއި ކާސްޓުންވެސް ބޭނުން ވަނީ ކެޓްރީނާ އެ ފިލްމްގައި ކުޅޭ ރޯލު ސިއްރެއްގެ ގޮތުގައި ބާއްވަންށެވެ. ނަމަވެސް ޔަގީންވާ އެއްކަމަކީ ކެޓްރީނާ ވަނީ މި ފިލްމް ކުޅުމަށް ލަވަކިޔަން ދަސްކުރަން ފަށާފައި ކަމެވެ.

މި ފިލްމްގެ ލީޑަކަށް ފުރަތަމަ ނެގީ ޕްރިޔަންކާއެވެ. އެކަމު ޕްރިޔަންކާގެ ކައިވެނި ހަމަޖެހިމާ ގުޅިގެން އޭނާ ވަނީ ފިލްމުން ވަކިވެފައެވެ.

ފިލްމްގައި ބަތަލުގެ ރޯލުން ފެންނާނީ ސަލްމާން ޚާން އެވެ. މިހާރު ފިލްމްގެ ޝޫޓިން ޗަންދިގަރު ގައި ކުރަމުން ދާއިރު. މަލްޓާ، އަބޫ ދާބީ އަދި މުމްބާއީގައިވެ ވަނީ ފިލްމްގެ ޝޫޓިން ތަކެއް ކޮށްފައެވެ. ފިލްމްގައި ސުނިލް ގްރޯވަރު، ދިޝާ ޕަޓާނީ، ތާބޫ އަދި ޖެކީ ޝްރޮފްވެސް ފެނިގެން ދާނެއެވެ.

ބާރަތް ނެރެން ހަމަޖެހިފައިވަނީ މިއަންނަ އަހަރު އީދުގައެވެ.