ފިލްމު ސުޕާ 30 އިން ބޮލީވުޑަށް ނުކުތް ބަތަލާ، މުރޫނަލް ތާކުރް އިތުރު ބޮޑު ފިލްމަކާ ގުޅި ޝޫޓިން ފަށައިފިއެވެ.
ރިތިކް ރޯޝަންއާއެކު ފުރަތަމަ ފިލްމު ކުޅުމަށްފަހު މިފަހަރު މުރޫނަލްގެ ބައިވެރިއަކަށް ފިލްމު ތޫފާން އިން ފެނިގެންދާނީ ފަރްހާން އަޚްތަރު އެވެ. މުރޫނަލް ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ފިލްމުގެ ޝޫޓިން ފެށި ޕޯސްޓެއް ހިއްސާކޮށްފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މި ފިލްމުގައި ފަރްހާން ކުޅެނީ ބޮކްސަރެއްގެ ރޯލެވެ. މުރޫނަލް ކުޅެނީ އޭނާގެ ފަރުހާންގެ ލޯބިވެރިޔާގެ ރޯލެވެ.
ރާކޭޝް އޯމްޕްރަކާޝް މެހްރާ ޑައިރެކްޓްކުރާ މި ފިލްމު ރިލީސްކުރަން ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ އޮކްޓޯބަރު ދޭއްގައެވެ.