މާލޭ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރި ވާން ފަށައިފި އެވެ.
މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަނީ ހ. އަންނާރުމާގޭގަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެގޭގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ އުމުރުން 29 އަހަރުގެ ދިވެހި ޒުވާނެކެވެ.
އަންނާރުމާގެ އަކީ ނޫސްވެރިޔާ އަދި ބްލޮގަރު، ޔާމީން ރަޝީދު މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ އިސްމާއީލް ހައިޝަމް ރަޝީދު ނިސްބަތްވާ ގެއެވެ.
"ވަން އޮންލައިން" އަށް އެނގިފައިވާ މައުލޫމާތު ލިބިފައިވާގޮތުގައި، މަރުވެފައިވަނީ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތުހުމަތުކުރާ ހައިޝަމްގެ ބޭބެ، ހ. އަންނާރުމާގޭ ހުސެއިން ހިޝާމް ރަޝީދު އެވެ.
ހިޝާމްގެ މަރާ ގުޅިގެން ފުލުހުން އަދި އިތުރު އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އޭނާގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންގޮސްފައިވާއިރު، އެ މަރާ ގުޅިގެން ފުލުހުން ވަނީ ހ. އަންނާރުމާގޭގައި ހަރަކާތްތެރިވެފައެވެ.
މީގެކުރިން ހިޝާމް ވެސް ވަނީ މައްސަލައެއް ފުލުހުން ހައްޔަރު ކޮށްފައެވެ. ނަމަވެސް އެއީ 2018 ވަނަ އަހަރުގެ ތެރޭގައެވެ.