ބޮލީވުޑް

ކަހާނީ ތިނެއް އުފައްދާނެ ކަމަށް ވިދްޔާ ބުނެފި

ވިދްޔާ ބާލަން އަކީ ބޮލީވުޑްގައި އެންމެ މޮޅު ތަރިންގެ ތެރެއިން ހިމެނޭ އެއްތަރި އެވެ. ކާމިޔާބު ގިނަ ފިލްމު ތަކާއެކު އެންމެ ފަހުން ރިލީސްވި އޭނާގެ ފިލްމު "މިޝަން މަންގަލް" ސުޕަހިޓްވުމާއެކު ވިދްޔާ ވަނީ ވަރަށް ބޮޑަށް ވިދާލާފައެވެ.

ވިދްޔާގެ އެންމެ ކާމިޔާބު އެއް ފިލްމަކީ "ކަހާނީ" އެވެ. އޭގެ ދެ ފިލްމު މިހާތަނަށް ނެރެފައިވާއިރު ނޫސްވެރިން ވަނީ ތިން ވަނަ ފިލްމު ރިލީސްވާނެތޯ ވިދްޔާއާ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބު ދެމުން ވިދްޔާ ބުނީ ފިލްމުގެ ޑައިރެކްޓަރު ސުޖޯއީ ގޯޝް އަބަދުވެސް ކަހާނީ ތިނެއް އުފައްދާނެ ވާހަކަ އޭނާގާތު ބުނާމުން އަންނަ ކަމަށެވެ. މީގެ އިތުރުން ގޯޝް އަދި ޖެހޭނީ ކަހާނީ ތިނެއްގެ ސްޓޯރީ ލިޔަން ކަމަށާއި، ވިދްޔާވެސް ހުރީ އެ ސްކްރިޕްޓް ލިޔެ ނިމެންދެން ކަމަށް ވިދްޔާ ބުންޏެވެ.

ކަހާނީ ތިނަކަށް ރަނގަޅު ވާހަކައެއް ހޯދުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ވެސް ވިދްޔާ ވާހަކަދެއްކިއެވެ.

ވިއްދާ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ޝަކުންތަލާ ދޭވީ- ހިއުމަން ކޮމްޕިއުޓަރު" އިން މެތަމެޓިޝަނެއްގެ ރޯލުންނެވެ. ފިލްމުގައި ސަންޔާ މަލޯތުރާ ވިދްޔާގެ ދަރިފުޅުގެ ރޯލުން ފެނިގެންދާނެއެވެ. މި ފިލްމުގެ ޝޫޓިން ޔޫކޭގައި ނިންމުމަށްފަހު މުމްބާއީގެ ޝޫޓިންތައް ފެށުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.