ބަތަލާ ޕްރިޔަންކާ ޗޯޕްރާ ފުރަތަމަ އަންހެން ޖޭމްސް ބޮންޑަށް ވާން ބޭނުން ކަމަށް ބުނެފިއެވެ.
ޕްރިޔަންކާ އަކީ ބްރިޓިޝް ސަޕްއި ޑްރާމާ ފްރެންޗައިސް، ޖޭމްސް ބޮންޑް ފިލްމުތަކުގެ ފޭނެކެވެ.
37 އަހަރުގެ ޕްރިޔަންކާ ބުނި ގޮތުގައި އަންހެން އޭޖެންޓް 007 އެއް އައުމުގެ ވަގުތު މިހާރު ޖެހިއްޖެ އެވެ. އޭނާ ދުނިޔޭގައި ހުއްޓާ އަންހެން ބޮންޑެއް ފެނުމުގެ ހުވަފެން ހަގީގަތަކަށް ވާނެކަމަށް އުންމީދުކުރާ ކަމަށްވެސް ޕްރިޔަންކާ ބުންޏެވެ. ޕްރިޔަންކާ ބުނީ އަންހެން ބޮންޑު ރޯލު ވަރަށް ކުޅޭ ހިތްވާ ކަމަށާއި ނަމަވެސް އޭނާއަށް އެ ރޯލު ކުޅެން ނުލިބޭ ހާލަތުގައިވެސް އެެހެން އަންހެނަކު އެރޯލުން ފެނުން މުހިންމު ކަމަށެވެ.
ބޮންޑުގެ 25 ވަނަ ފިލްމު "ނޯ ޓައިމް ޓު ޑައި" ގެ ޝޫޓިން ނިންމާލައިފައިވާއިރު މި ފިލްމު ވާނީ ބަތަލު ކްރެއިގް ބޮންޑުގެ ރޯލުން ފެނިގެންދާނެ ފަހުފަހަރު ކަމަށް ވެއެވެ.
ޕްރިޔަންކާ މިދުވަސްވަރު އަންނަނީ ފިލްމު "ސްކައި އިސް ޕިންކް" ގެ ޕްރޮމޯޝަންތަކުގެ ގިނަ އިވެންޓްތަކުގައި ބައިވެރިވަމުންނެވެ.