ސޫރްޔަވަންޝީ އަކީ އެފިލްމު ނެރޭކަން އިއުލާން ކުރީއްސުރެ ގިނަ ބަޔަކު އެއަށް އިންތިޒާރު ކުރާ ފިލްމެކެވެ.
މިވަގުތު ފިލްމުގެ ޝޫޓިންގައި ކެޓްރީނާ ކައިފް އަދި އަކްޝޭ ކުމާރު، ހައިދަރްއާބާދުގައި ހަރަކާތްތެރިވާއިރު ކެޓްރީނާ މިވަނީ އިންސްޓަގްރާމުގައި ފިލްމުގައި އަކްޝޭއަށް ކިޔާ ނަން ހާމަކޮށްފައެވެ.
އެގޮތުން ކެޓްރީނާ ހިއްސާކުރި ފޮޓޯ އަކީ އަކްޝޭގެ ފުލުސް ޔުނިފޯމްގައި އިން އޭނާގެ ނޭމް ޓެގް އެވެ.
ރޯހިތް ޝެޓީ ނެރޭ ފުލުހުންނަށް ހާއްސަ ފިލްމުތަކުގެ ތެރެއިން އަކްޝޭ ފެނިގެންދާ ފިލްމު ސޫރްޔަވަންޝީގައި އަޖޭ ދޭވްގަން އަދި ރަންވީރު ސިންގްވެސް އެކީގައި ފެނިގެންދާނެ ކަމަށްވެއެވެ. އެއީ މީގެ ކުރީގެ ފިލްމުތަކުގައި ލީޑްކުރި ބަތަލުންނެވެ.
ފިލްމު ރިލީސްކުރަނީ އަންނަ އަަހަރު މާރޗް 27ގައެވެ. ފިލްމުގައި ގުލްޝަން ގްރޯވާ އާއި ސިކަންދަރު ކޭރުވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެކަމަށްވެއެވެ.