ރިޔާސީ އިންތިހާބު

ރިޔާސީ އިންތިޚާބު 2018: އިބޫ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިފި

9
24 Sep 09:46

24 Sep 07:33

ރިޔާސީ އިންތިހާބުން މޮޅުވިޔަސް ދެރަވިޔަސް، ދިވެހި ރައްޔިތުންގެ ނިންމުން ބަލައިގަނެވޭ ވަރުގެ ހިތްވަރު ޕީޕީއެމްގައި ހުންނާނެ ކަމަށް ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ވިދާޅުވެއްޖެ.

24 Sep 07:09

ރ. އަތޮޅު، މާލެ ފޮށި ކައިރީ ހޫނުވެއްޖެ. ކަރުދާސްތައް ބައި ނާޅާ ޔޫވީ ލައިޓަށް ލާން އުޅުމުން ގިނަ ބަޔަކު ވަނީ އެކަމާ އިދިކޮޅު ހަދާފައި.

24 Sep 06:11

24 Sep 05:44

24 Sep 05:39

ގަޑިއަށް ބަންދުކުރި ހުރިހާ ވޯޓު ފޮއްޓެއް ގުނަން ފަށައިފި. އެ ފޮށިތައް ގުނަން ފެށީ 7:30ގައި.

24 Sep 05:38

އައްޑޫސިޓީ ޝަރަފުއްދީން ސްކޫލުގައި ވޯޓު ގުނަން ފަށައިފި

24 Sep 05:33

24 Sep 05:11

މިރޭ ހަތެއް ޖެހުމާއެކު ހުރިހާ ކިޔޫތަކެއް ވަނީ ބަންދުކޮށްފަ.

24 Sep 05:03

ކަލާފާން ސްކޫލުގައި ބަހައްޓާފައި ހުރި ހުރިހާ ވޯޓު ފޮއްޓެއް ވެސް މިހާރު ބަންދުކޮށްފި.

24 Sep 05:02

24 Sep 05:02

ގދ، ރަތަފަންދުއާއި ގދ. ފަރެސްމާތޮޑާ ރައްޔިތުން ވޯޓުލުމަށް ކަލާފާނު ސްކޫލުގައި ބަހައްޓާފައި ހުރި ފޮށި ބަންދުކޮށްފި.

24 Sep 05:00

ވޯޓު ފޮށިތައް ބަންދުކުރަން ފަށައިފި. ކަލާފާނު ސްކޫލުގައި ހުންނަ ހެންވޭރު ދެކުނު ދާއިރާގެ 1،2،3 ނަންބަރު ފޮށި ވަނީ ބަންދުކޮށްފައި.

24 Sep 04:56

24 Sep 04:53

ރިހިޖެހި ކޮށިވެސް ގުނަން ތައްޔާރުވަނީ

24 Sep 04:52

މަޖީދިއްޔާގައި ބަހައްޓާފައިވާ ފޮށިތަކަށް ގިނަ އަދަދެއްގެ ޕަސަންޓް އެއްގެ މީހުން ވޯޓުލާފައި ވާއިރު، އެއްވެސް ފޮއްޓެއްގައި މިވަގުތު ކިއުއެއްނެތް

24 Sep 04:51

ކަލާފާނު ސްކޫލުގަ ހުރި ހުރިހާ ފޮއްޓެއް ގުނަން ތައްޔާރު ވަނީ

24 Sep 04:48

އަދިވެސް ކުރީގެ ސިޓީ ކައުންސިލްގަ ވަރަށް ކިއު ދިގު. އަލިކިލޭގެފާނު ކަންމައްޗާ ހިސާބަށް ކިއު ދަމާފައި

24 Sep 04:42

ކަރަންޓް ކަނޑާލަފާނެތީ ގދ.ތިނަދޫ އަލިކުރަން ރައްޔިތުން ތައްޔާރުވެފައި

24 Sep 04:39
  • އިރުއޮއްސި ހައެއް ޖެހުމާ ހަމައަށް ސޯޝަލް ސެންޓަރުގައި ހުންނަ އދ.މަހިބަދޫ 2 ވަނަ ފޮއްޓަށް 600 މީހުން ވޯޓުލައިފި. ރަޖިސްޓަރ ކޮށްފައިވަނީ 642 މީހުން
  • އިރުއޮއްސި ހައެއް ޖެހުމާ ހަމައަށް ސޯޝަލް ސެންޓަރުގައި ހުންނަ އދ.މަހިބަދޫ 1 ވަނަ ފޮއްޓަށް 754 މީހުން ވޯޓުލައިފި. ރަޖިސްޓަރ ކޮށްފައިވަނީ 821 މީހުން
24 Sep 04:01

މެލޭޝިޔާގައި ވޯޓު ނުލެވި ދެން ބާކީ ތިބީ ގާތްގަނޑަކަށް 800 އެއްހާ މީހުން. އެހެން ވޯޓު ފޮށި ތަކާ އަޅާ ބަލާއިރު މެލޭޝިޔާގެ ވޯޓު ފޮށި ލަސްކަމުގެ ޝަކުވާ އާންމުން ވަނީ ވަރަށް ބޮޑަށް ކޮށްފައި، އެގޮތުން ބައެއް މީހުން ގާތްގަނޑަކަށް 8 ގަޑިއިރު ކިއުގައި ތިބެން ޖެހުނު ކަމަށްވޭ

24 Sep 03:57

ރައީސް މައުމޫނުގެ އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާހިމާއި ދަރިކަނބަލުން ޔުމްނާ މައުމޫނު އަދި މެމްބަރު ފާރިސްގެ އަބިކަނބަލުން ވޯޓު ލައްވައިފި

24 Sep 03:39

ގދ. ތިނަދޫ Q02 .0.1 މާލެ ފޮއްޓަށް ޖުމްލަ 526 މީހުން ވޯޓުލައިފި. ރެޖިސްޓަރ ކޮށްފައިވާ މީހުންގެ އަދަކީ 587

24 Sep 03:34

އުނގޫފާރުގަ އިންނަ ފޮއްޓަށް ޖުމްލަ 973 މީހުން ވޯޓުލައިފި. އެއީ 501 ފިރިހެނުން 472 އަންހެނުން. އެ ފޮއްޓަށް ވޯޓު ނުލައި ތިބީ 113 މީހުން

24 Sep 03:28

ތުޅާދޫ ތިން ނަންބަރު ވޯޓު ފޮއްޓަށް ވޯޓު ލާން ދިޔަ މީހަކު ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްފަހު ވޯޓު ކަރުދާސް ދެއްކުމުން އޭނާ ހައްޔަރު ކޮށްފި

24 Sep 03:21
  • ހދ. ނޮޅިވަރަންފަރު އެއް ނަމްބަރު ފޮއްޓަށް އަށް ހަވީރު 4 ޖެހުމާ ހަމައަށް ޖުމްލަ 401 މީހުން ވޯޓުލާފައިވޭ. އެއީ 235 އަންހެނުން އަދި 166 ފިރިހެނުން
  • ހދ. ނޮޅިވަރަންފަރު ދެ ނަމްބަރު ފޮއްޓަށް އަށް ހަވީރު 4 ޖެހުމާ ހަމައަށް ޖުމްލަ 282 މީހުން ވޯޓުލާފައިވޭ. އެއީ 173 އަންހެނުން އަދި 109 ފިރިހެނުން
24 Sep 03:14

ތިނަދޫ ގައި ހުރި 7 ނަންބަރު ފޮއްޓަށް މިއަދު ހަވީރު 4 ޖެހުމާ ހަމައަށް ޖުމްލަ 384 މީހުން ވޯޓުލައިފައިވޭ، އެއީ 191 އަންހެނުން އަދި 193 ފިރިހެނުން

24 Sep 03:04

P01.0.1 ގއ އަތޮޅު މާލެ 1، ގިޔާސުއްދީން އިންޓަރނޭޝިނަލް ސްކޫލު ފޮއްޓަށް މިހާތަނަށް 800 ބޭފުޅުން ވޯޓު ލައްވައިފި

24 Sep 03:01

ރައީސް ނަޝީދުގެ މަންމާފުޅު އާބިދާ އަހުމަދު ވޯޓު ލައްވައިފި

24 Sep 02:57

24 Sep 02:55

ލާމު މާމެންދޫގައި ބަހައްޓާފައިވާ ވޯޓު ފޮށި އަށް މިހާތަނަށް 186 ފިރިހެން 184 އަންހެނުން ވޯޓުލައިފި

24 Sep 02:48

24 Sep 02:45

މިއަދު ހަވީރު 4:00 ޖެހިއިރު R.02.01.4 މާލޭގަން ޕްރީސްކޫލް، މެދު ދާއިރާ މާލެގަން ވޯޓު ފޮއްޓަށް މިހާތަނަށް 243 އަންހެން، 181 ފިރިހެން، ޖުމްލަ 424 މީހުން ވަނީ ވޯޓުލައިފައި. މި ފޮއްޓަށް 469 މީހުން ވޯޓު ލާން ހަމަޖެހިފައިވޭ

24 Sep 02:38

24 Sep 02:26

އެމްޑީޕީ ވިލިގިލި ދާއިރާގެ ނައިބް ރައީސް އަމީޒް ހަސަން ވޯޓް ލާން ގޮސް ހުއްޓައި، ވޯޓު ލުމުގެ ފުރުސަތު ނުދީ ހައްޔަރު ކޮށްފި އެވެ.

ގއ އަތޮޅޫގެ ކައުންސިލް ރައީސް އަހުމަދު ފުވާދު ވަނީ މިކަން "ވަން އޮންލައިން" އަށް ކަށްވަރުކޮށްދެއްވައިފައެވެ.

ފުވާދު އިތުރަށް ވިދާޅުވީ އަމީޒަށް ވޯޓު ލުމުގެ ފުރުސަތު ނުލިބުމުގެ ޒިންމާ ކޯޓުއިން ނަގާނެ ކަމަށް ފުލުހުން ބުނި ކަމަށެވެ.

24 Sep 02:24

މައްޗަން ގޮޅީ ދެކުނު ދާއިރާގެ ކައުންސިލް މެމްބަރު މުހައްމަދު ރަޝީދު ހާރޓް އެޓޭކެއް ޖެހިގެން އައިޖީއެމްއެޗް ގައި އެޑްމިޓްކޮށްފި.

މުހައްމަދު ރަޝީދަށް ހާރޓް އެޓޭކް ޖެހިފައިވަނީ ވޯޓުލުމުގެ އިންތިޒާމު ތަކުގައި އުޅެނިކޮށް.

24 Sep 02:18

އުމަރު ނަސީރު ވޯޓު ލެއްވުމަށް ވަޑައިގެން. ވޯޓު ލުމުގެ ސުންގަޑި ވަނީ މިރޭ 7:00 އަށް އިތުރު ކޮށްފައި

24 Sep 02:08

24 Sep 02:03

ވޯޓުލުމުގެ ސުންގަޑި މިރޭ 7:00 އާ ހަމައަށް އިތުރު ކުރުމާއެކު އެގަޑިއަށްވުރެ ކުރިން އެއްވެސް ވޯޓު ފޮއްޓެއް ގުނަން ނުފަށާނެ ކަމަށް އިލެކްޝަންސްގެ ތަރުޖަމާނު އަދި އެ ކޮމިޝަނުގެ މެމްބަރު އަކްރަމް ވިދާޅުވި

24 Sep 01:59

ރިޔާސީ އިންތިޚާބުގެ ވޯޓުލާ ވަގުތު މިރޭ 7:00 އާ ހަމަޔަށް އިތުރުކޮށްފި އެވެ. އިލެކްޝަންސް ކޮމިޝަނުން ދާދި ދެންމެ ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި އެގޮތަށް ފާސްކުރީ އެ ކޮމިޝަނުން ބޭއްވި އިންތިޚާބާ ބެހޭ ޚާއްސަ ޖަލްސާއެއްގަ އެވެ.

އިލެކްޝަންސް ކޮމިޝަނުން މި ގޮތަށް ފާސްކުރުމުން ވޯޓުލާން އެންމެ ފަހު ވަގުތެއްގެ ގޮތުގައި ދެން ކިޔުގައި ޖެހެވޭނީ މިރޭ 7:00 އާ ހަމަޔަށެވެ.

އެގޮތަށް ފާސްކުރި ނަމަވެސް ކޮމިޝަނުގެ އެދިވަޑައިގަތުމަކީ ވީ އެންމެ އަވަހަކަށް ކޮންމެ ބޭފުޅަކު ވެސް އެބޭފުޅެއްގެ އިންތިޚާބީ ހައްގު އަދާކުރައްވައި ވޯޓު ދެއްވުމެވެ.

މިއަދު ހެނދުނު 8:00 އިން ފެށިގެން ވޯޓު ލުން ފެށިގެން ކުރިޔަށްދާ އިރު، ކިޔުތައް ދިގުވެ ބައެެއް ސަރަހައްދު ތަކުގައި ކިޔުގައި މީހުން އެތައް ގަޑި އިރެއް ވާންދެން ކޮޅަށް ތިބެން ޖެހުމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.

24 Sep 01:53

24 Sep 01:39

ކޮމިޝަނުގެ 318 ވަނަ އިންތިހާބާ ބެހޭ ހާއްސަ ޖަލްސާއިން، ރިޔާސީ އިންތިހާބު 2018ގެ ވޯޓުލާ ނިމޭ ގަޑި 19:00 އަށް ފަސްކޮށްފި

24 Sep 01:35

ވޯޓުލުމުގެ ކިއު ބަންދުވާން ބައިގަޑިއިރަށް ވެފައި ވާއިރު ފޯރިއާއި އެކީ ވޯޓުލުން ކުރިއަށް ދަނީ. ހަވީރު ހަތަރެއްގެ ފަހުން ކިއު ބަންދުވިއަސް އޭގެ ކުރިން ކިއުއަށް އަރާތިބި އެންމެނަށް ވޯޓުލެވޭނެ.

24 Sep 01:30

24 Sep 01:29

24 Sep 01:27

24 Sep 01:17

24 Sep 01:09

24 Sep 01:02

4 ޖަހާއިރު ވޯޓުލާ ކިއު ބަންދުވާނެ. 4 ޖަހާއިރު ކިއު ބަންދުވި ނަމަވެސް، އޭގެ ކުރިން ކިއު އަށް އަރާ ތިބޭ އެންމެނަށް ވޯޓު ލެވޭނެ

24 Sep 01:02

މަޝްހޫރު ޕްރެސެންޓަރ މޫސާ ވަސީމް ވޯޓުލައިފި
24 Sep 00:59

24 Sep 00:56

މިހާތަނަށް ވޯޓުލީ ބައެއް ފޮށިތަކުގެ މީހުންގެ އަދަދަށް ބަލާލާއިރު:

  • އައްޑޫ ސިޓީ މާލެ - 5 ވަނަ ވޯޓު ފޮށިން 603 މީހުން ރަޖިސްޓްރީ ކޮށްފައިވާއިރު 475 މީހުން ވޯޓު ލައިފި
  • ވ. އަތޮޅު މާލެ - 1 ވަނަ ވޯޓު ފޮށިން 738 މީހުން ރަޖިސްޓްރީ ކޮށްފައިވާއިރު 332 މީހުން ވޯޓު ލައިފި
  • ނ. އަތޮޅު މާލެ - 3 ވަނަ ވޯޓު ފޮށިން 625 މީހުން ރަޖިސްޓްރީ ކޮށްފައިވާއިރު 514 މީހުން ވޯޓު ލައިފި
  • އައްޑޫ ސިޓީ މާލެ - 3 ވަނަ ވޯޓު ފޮށިން 550 މީހުން ރަޖިސްޓްރީ ކޮށްފައިވާއިރު 445 މީހުން ވޯޓު ލައިފި
  • އައްޑޫ ސިޓީ މާލެ - 6 ވަނަ ވޯޓު ފޮށިން 589 މީހުން ރަޖިސްޓްރީ ކޮށްފައިވާއިރު 453 މީހުން ވޯޓު ލައިފި
  • ރ. އަތޮޅު މާލެ - 1 ވަނަ ވޯޓު ފޮށިން 1010 މީހުން ރަޖިސްޓްރީ ކޮށްފައިވާއިރު 531 މީހުން ވޯޓު ލައިފި
24 Sep 00:47

ގއ. ކޮލަމާފުށި މީހުން ވޯޓުލުމަށް ކިއުގައި، ގިނަ އިރު ކޮޅަށް މީހުން ނުބޭއްތިއްބުމަށް މިރަށު މީހުން ވަނީ ސްކޫލު ބޭރުގައި ޖޯލިފަތި ބަހައްޓާފައި

24 Sep 00:45

ހުޅުމާލެ ރެހެންދި ސްކޫލުގައި ވޯޓުލުމަށް ގޮސްތިބި މީހުން، ވޯޓުލާ ގަޑި ހަވީރު 4 ޖަހާއިރު ހަމަވާއިރު އަދިވެސް އެތައްބަޔަކު ތިބީ ކިއުގައި

24 Sep 00:35

ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ހުޅުމާލެ ރެހެންދި ސްކޫލުގައި ވޯޓު ލުމަށް ކިއުގައި

24 Sep 00:31

ރައީސް ނަޝީދުގެ ބައްޕަ، ކޮއްކޮ އަދި މެމްބަރު އީވާވެސް ވޯޓު ލައްވައިފި

24 Sep 00:22

ޔޫކޭގައި ވޯޓުލުން ކުރިއަށް ދާއިރު އެޤައުމަށް ދަނީ ބޯކޮށް ވާރޭ ވެހެމުން

24 Sep 00:20

24 Sep 00:16

ޝަލަބީ ވޯޓުލައިފި. މިއީ އޭނާ ވޯޓުލާ ފުރަތަމަ ފަހަރު
24 Sep 00:14

ވޯޓު ލުމަށް އެންމެ ބޮޑަށް ލަސްވާ ސަބަބަކަށް ކަމަށް ފާހަގަ ކުރެވިފައި ވަނީ ޓެބްލެޓް ބޭނުން ކުރަން ޖެހުމުގެ ސަބަބުން ކަމަށް އާންމުން ބުނަމުން ދޭ

24 Sep 00:06

24 Sep 00:02

އޮނަރަބަލް އުމަރު ޒާހިރު ވޯޓުލެއްވުމަށް ވަޑައިގަންނަވަނީ

24 Sep 00:01

މެލޭޝިޔާގައި ވޯޓުލުން ކުރިއަށްދާއިރު އެތައް ބައެއް އަދިވެސް ކިއުގައި

23 Sep 23:45

ޔޫކޭގައި ހުންނަ ރާއްޖެ އެމްބަސީގައި ވޯޓުލުން ދާދި ދެންމެއަކު ފަށައިފި. ވޯޓުލުން ފެށުނީ ރާއްޖެ ގަޑިން 13:30ގައި އަދި މިރޭ 21:30 ވަންދެން ވޯޓުލުން ކުރިއަށް ދާނެ.

23 Sep 23:39

"ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިޔަށްދާގޮތް ހިއުމަން ރައިސްޓް ކޮމިޝަނުންމިދަނީ ބަލަމުންނެވެ. ވޯޓުލުން ކުރިޔަށްދަނީ ޤާނޫނުތަކާ ގަވައިދުތަކާ އެއްގޮތްވާގޮތުގެމަތިން ކަން ފާހަގަކުރަމެވެ. އަދި ކޮމިޝަނަށް ފާހަގަކުރެވޭ ކަންކަން، ކަމާބެހޭ ފަރާތްތަކާ ހިއްސާކުރަމުންދާކަން ދަންނަވަމެވެ"
23 Sep 23:32

ވޯޓު ލާ މަރުކަޒު ބެލުމަށް ވީއާރ (އައިޑީ) ޖެހުމަށްފަހު 1414 އަށް ފޮނުވާލައްވާ. އޭރަށް ވޯޓު ލުމަށް ޖެހެން ޖެހޭ ކިއު ފަސޭހައިން އިނގޭނެ

23 Sep 23:28

މާލޭގެ އެކި ސަރަހައްދުން: ވޯޓުލުމަށް އެތައް ގަޑި އިރަކު ކިއުގައި ތިބެން ޖެހޭތީ ވަރަށް ގިނަ ޝަކުވާ ދަނީ ސޯޝަލްމީޑިއާގައި ފާޅުކުރަމުން.

23 Sep 23:19

މެލޭޝިޔާގައި ހުންނަ ވޯޓު ފޮށްޓަށް ވޯޓުލުމަށް ގޮސްތިބި ދިވެހި ކުދިންވެސް ކިއު ދިގުވެ ވޯޓު ލުން ލަސްވަމުންދާތީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުން ދަނީ

23 Sep 23:14

ފިނޭސް މިނިސްޓަރ އަހުމަދު މުނައްވަރު އަދިވެސް ހުންނެވީ ވޯޓު ދެއްވުމަށް ކިއުގައި، އެމަނިކުފާނު ވޯޓު ދެއްވަނީ ކަލާފާނު ސްކޫލަށް

23 Sep 23:06

މަޖީދިއްޔާ ސްކޫލްގައި ހުންނަ ރ.އަތޮޅު އެއް ނަންބަރު ފޮށްޓަށް ވޯޓުލުމަށް މީހުން ކިއުގައި

23 Sep 22:58

ވޯޓުލުމަށް ކިއު ދިގުވުމުގެ ސަބަބުން ގިނަ ބަޔަކު ސޯޝަލް މީޑިޔާގައި ޝަކުވާ ކުރަމުންދޭ

23 Sep 22:56

ވޯޓުލުމަށް ކިއު ދިގުވުމުގެ ސަބަބުން ގިނަ ބަޔަކު ސޯޝަލް މީޑިޔާގައި ޝަކުވާ ކުރަމުންދޭ

23 Sep 22:46

ކުރީގެ ހެލްތް މިނިސްޓަރ އަދި ސިމްޑީ ކުންފުނީގެ ސީއީއޯ ޑރ، މަރިޔަމް ޝަކީލާ އެކަމަނަމާގެ ފިރިކަލުން އަދި އާއިލާގެ ބޭފުޅުންނާއެކީ ވޯޓު ލައްވަވައިފި.

23 Sep 22:40

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވޯޓު ލެއްވުމަށް ކިއުގައި މަޑުކޮށްލައިގެން

23 Sep 22:33

800 މީހުން ވަނީ ގަލޮޅު ދެކުނު ދާއިރާގެ ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓްރީކޮށްފައި. މި ފޮށި ހުރީ އިމާދުއްދީން ސްކޫލުގައި

23 Sep 22:27

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު މިއަދު ހެނދުނު ވޯޓުލައްވެވި. އެމަނިކުފާނު ވޯޓު ލެއްވީ، ވެލާނާގޭގައި ހުރި ވޯޓު ފޮށްޓަކަށް

23 Sep 22:19

މިނިސްޓަރ އޮފް ހެލްތް އަބްދުﷲ ނާޒިމް އިބްރާހީމް ވޯޓު ލައްވައިފި

23 Sep 22:15

ޑިފެންސް އެންޑް ނޭޝިނަލް ސެކިއުރިޓީ މިނިސްޓަރ އާދަމް ޝަރީފް ވޯޓު ލައްވައިފި

23 Sep 22:13

23 Sep 22:11

ހޯމް މިނިސްޓަރ އަޒްލީން ވޯޓް ލައްވައިފި. މިނިސްޓަރ ވޯޓު ލައްވާފައިވަނީ ކަލާފާނު ސްކޫލަށް

23 Sep 22:08

ކުޅުދުއްފުށީގައި ވޯޓުލުމަށް ކިއު ހަދާފައި، މިރަށުގައި 8 ވޯޓު ފޮށި ބަހައްޓާފައިވާއިރު 5682 މީހުން ވޯޓުލުމަށް ވަނީ ރެޖިސްޓަރ ކޮށްފައި

23 Sep 21:55

ސީއެޗްސީގައި ހުންނަ ވޯޓުލާ މަރުކަޒުގައި ވޯޓުލުން ކުރިއަށް ދަނީ

23 Sep 21:53

ކޮލޮމްބޯ ޗޭމްބަރ އޮފް ކޮމާރސްގެ ރައީސް ޑރ. އަމިލަ ކަންކަނަމްގެ
23 Sep 21:48

އަރަބިއްޔާ ސްކޫލުގައި ހުންނަ ވޯޓުލާ މަރުކަޒުގައި ވޯޓުލުން ކުރިއަށް ދަނީ

23 Sep 21:45

ރާއްޖެޔާއި ރާއްޖެއިން ބޭރުގައި ވޯޓުލުން ކުރިއަށް ދާއިރު އަދިވެސް ގިނަ ބަޔަކު ވަނީ ކިއުގައި

23 Sep 21:40

23 Sep 21:37

އިސްކަންދަރު ސްކޫލުގައި ހުންނަ ވޯޓުލާ މަރުކަޒުގައި ވޯޓުލުން ކުރިއަށް ދަނީ

23 Sep 21:35

23 Sep 21:28

ފިނޭސް މިނިސްޓަރ އަހުމަދު މުނައްވަރު ވޯޓު ދެއްވުމަށް ކިއުގައި

23 Sep 21:26

ވޯޓުލާ ފެށުމުގެ ކުރިން ހުރިހާ ކަރުދާހެއް ގުނާ، ޗެކް ކުރިކަން ފާހަކޮށްލެވޭ. ވޯޓުލާ ފޮށިތަކުގެ 99 ޕަސެންޓް ފޮށިތައް ތައްޔާރުކުރިވިފައި ވަނީ ވޯޓުގެ ސިއްރުކަްން ކަށަވަރު ކުރެވޭނެ ގޮތަކަށް. އެކަން ސާފް ނުވާ އެއް ޕަސެންޓް ފޮށިތައް މި ޖަމިއްޔާއިން ކައިރިން ބަލަމުންދާނެ. އުންމީދު ކުރަނީ ވީހާވެސް ގިނަ ބަޔަކު ވޯޓުލާން ވަޑައިގަތުމަށް: ޓްރާންސްޕޭރެންސީ މޯލްޑިވްސް

23 Sep 21:23

ވޯޓުލުން ފެށިގެން ގޮސްފައި ވަނީ ޖުމްލަ ގޮތެއްގައި ރަނގަޅަށް. އެގޮތުން ވޯޓުލާ މަރުކަޒުތަކުގެ ތެރެއިން 97 ޕަސެންޓް މަރުކަޒުތަކުގައި 8:30ގައި ވޯޓުލާން ފަށާފައިވާ އިރު، 66 ޕަސެންޓް މަރުކަޒުގައި ވޯޓުލުން ކުރިއަށް ދާން ފެށީ ވޯޓުލުން ފެށި ގަޑީގެ 10 މިނެޓް ފަހުން. ހުރިހާ ވޯޓުލާ މަރުކަޒެއްގައިވެސް ހާޒިރުވާން ޖެހޭ އޮފިޝަލުން ހާޒިރުވެ ތިބި: ޓްރާންސްޕޭރެންސީ މޯލްޑިވްސް

23 Sep 21:23

23 Sep 21:12

ރާއްޖޭގެ އެންމެ ބޮޑު އެއް ސަރަހައްދު ކަމަށްވާ އައްޑޫ ސިޓީން އެއްކޮށް ކަރަންޓު ކެނޑިފައި އޮތް ނަމަވެސް، ވޯޓުލުން ކުރިއަށް އެބަދޭ.

23 Sep 21:07

ދުންޔާ މައުމޫން ވޯޓުލެއްވުމަށްޓަކައި އަވަށްޓެރި ސްރީލަންކާގެ ކިއުގައި

23 Sep 21:03

މިފަހަރުގެ ރިޔާސީ އިންތިހާބުގައި 2،62،135 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވޭ. އަދި ޖުމްލަ 472 ވޯޓު ފޮށި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ބެހެއްޓިފައިވޭ.

23 Sep 20:56

23 Sep 20:50

ރައްޔިތުން ވޯޓުލާން ބޭނުންވެފައިވާ މިންވަރު ފެނިގެންދޭ.. މިހާރު މިއޮތް އަމާން މާހައުލު އެގޮތުގައި ބާއްވަ ދެއްވާ.. ހަމަނުޖެހުމަކަށް ފުރުސަތު ނުދެއްވާ.. މިވަގުތާ ހަމައަށް ފުލުހުންގެ ފަރާތުން ރައްިތުންނަށް ދެއްވާ އެއްބާރުލުން އުފާލާއެކު ފާހަގަކުރަން: މަހުލޫފް

23 Sep 20:48

23 Sep 20:47

23 Sep 20:44

23 Sep 20:41

މާލެ އާއި ރަށްރަށުގައި ވޯޓުލުން ފެށިގެން ކުރިއަށްދާއިރު، ހުރިހާ ސަރަހައްދެއްގައި އާންމު ހާލަތު ރަނގަޅު: ޕޮލިސް

23 Sep 20:37

23 Sep 20:33

އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ރިޔާސީ އިންތިހާބުގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވޯޓު ލައްވައިފިއެވެ. މާރިޔާ ވޯޓު ލެއްވީ އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށެވެ.

23 Sep 20:22

ދިވެހިން ކިޔެވުމަށް އެންމެ ގިނައިން ގޮސްއުޅޭ އެއް ޤައުމު ކަމަށްވާ މެލޭޝިޔާގައިވެސް ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ.

23 Sep 20:19

23 Sep 20:16

23 Sep 20:11

23 Sep 20:08
މުހައްމަދު އައުޒަމް

ވީހާވެސް އަވަހަކަށް ވޯޓުލާން ދިއުމަށް އިލެކްޝަންސް ކޮމިޝަނާއި ސިޔާސީ ޕާޓީތަކުން އިލްތިމާސްކުރޭ.

23 Sep 20:07

23 Sep 20:05

23 Sep 19:58

23 Sep 19:56

23 Sep 19:52

23 Sep 19:48
މުހައްމަދު އައުޒަމް

ޓެބްލެޓްތަކަށް ދިމާވާ މައްސަލަތައް ހައްލުނުވުމުން ބައެއް ސަރަހައްދުތަކުގައި ދަނީ މެނުއަލްކޮށް، ވޯޓުލާ މީހުން ފާހަގަކުރުމުގެ މަސައްކަތް ކުރަމުން.

23 Sep 19:41

23 Sep 19:32

23 Sep 19:29

23 Sep 19:25

އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވޯޓުލައްވައިފި. އިބޫ ވޯޓު ލެއްވީ ޅ. ހިންނަވަރު ރައްޔިތުން ވޯޓުލުމަށް އިމާދުއްދީން ސްކޫލްގައި ބަހައްޓާފައި ހުންނަ ވޯޓު ފޮއްޓަކަށް.

23 Sep 19:24

އައްޑޫ ސިޓީ ހިތަދޫ ސްކޫލުގައި ހުންނަ ވޯޓު ފޮއްޓަށް ވޯޓުލާން ފެށިފައިވަނީ ހެނދުނު 8:00ގައި.

23 Sep 19:21

23 Sep 19:16

23 Sep 19:10

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް (މެޑަމް ފާތުން) ވޯޓު ލައްވައިފި. މެޑަމް ފާތުން ވޯޓު ލެއްވީ ގަލޮޅު ދަނޑުގައި ހުންނަ ވޯޓު ފޮއްޓަށް.

23 Sep 19:09

ގިޔާސުއްދީން ސްކޫލުގައި ހުންނަ ފޮއްޓަކަށް އެމްއެންޔޫގެ ޗާންސެލަރ ޑރ. މުހައްމަދު ލަތީފު ވަނީ ވޯޓު ލައްވާފައި.

23 Sep 19:06

އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެސް އިރުކޮޅެއް ތެރޭ ވޯޓުލާން ވަޑައިގަންނަވާނެ ކަމަށް މައުލޫމަތު ލިބޭ. މިހާތަނަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ރަނިންމޭޓު ވެސް ވަނީ ވޯޓު ލައްވާފައި.

23 Sep 19:03

އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ރަނިންމޭޓް ފައިސަލް ނަސީމް ވޯޓު ލައްވައިފި. ފައިސަލް ވޯޓު ލެއްވީ ފުވައްމުލަކު ސިޓީގެ ރައްޔިތުން ވޯޓުލުމަށް އަރަބިއްޔާ ސްކޫލުގައި ބަހައްޓާފައި ހުންނަ ވޯޓު ފޮއްޓަށް.

23 Sep 19:01

23 Sep 18:59

އދ. މާމިނގިލީގައި ހުންނަ ވޯޓުލާ މަރުކަޒެއްގައި ބޭނުންކުރާ ޓެބްލެޓްތަކަށް ވެސް ވަނީ މައްސަލައެއް ދިމާވެފައި. އެ މައްސަލަ ދިމާވުމުން ވޯޓުލުން މަޑުޖެހިގެންދިޔަ.

23 Sep 18:54

ގިނަ ސަރަހައްދުތަކުގައި އެންމެ ބޮޑަށް ފާހަގަވެގެންދާ މައްސަލައަކީ ޓެބްލެޓަށް ދިމާވާ މައްސަލަތައް. އެކަމުގެ ސަބަބުން ވަގުތީގޮތުން ވޯޓުލުން މެދުކަނޑާލުމާއި ކިޔު ދިގުވެގެންދާތަން ފެނިގެންދޭ.

23 Sep 18:51

ބައެއް ސަރަހައްދުތަކުގެ ވޯޓު ފޮށިތަކުގެ ކައިރީގައި ތިބޭ އޮފިޝަލުންގެ ފާސްތަކުގައި ފޮޓޯ ނުޖަހާ މައްސަލަތައް ފެންމަތިވެފައިވޭ. އެކަމުގެ ސަބަބުން އޮބްޒާބަރުން މައްސަލަ ހުށަހެޅުމުން ވަގުތީގޮތުން ވޯޓުލުން މެދުކަނޑާލަން ޖެހިފައިވެސް ވޭ.

23 Sep 18:47

23 Sep 18:42

ރައީސް ޔާމީން ވެސް ވޯޓު ލައްވައިފި. އެމަނިކުފާން ވޯޓު ލެއްވީ ސީއެޗްއެސްއީގައި ހުންނަ ވޯޓު ފޮއްޓަކަށް.

23 Sep 18:38
23 Sep 18:33

ގިޔާސުއްދީން ސްކޫލްގައި ހުންނަ ވޯޓު ފޮއްޓަކަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވޯޓު ލައްވައިފި.

23 Sep 18:28

ބައެއް ސަރަހައްދުތަކުގައި ވޯޓުލުން ލަސްވެފައިވަނީ ތަފާތު އެކި ސަބަބުތަކަކާ ހުރެ. ޓެބްލެޓްތަކަށް ދިމާވާ މައްސަލަތަކުގެ ސަބަބުން ވޯޓުލުން ލަސްވެ ނުވަތަ ވޯޓުލުން ވަގުތީ ގޮތުން މެދުކަނޑާލަން ޖެހިފައިވޭ.

ރިޔާސީ އިންތިހާބުގެ ވޯޓުލުމާއި ވޯޓު ގުނުމާއި ނަތީޖާ އަދި ގުޅުން ހުރި މައުލޫމާތުތައް ގެނެސްދިނުމަށް ކުރިއަށްގެންދާ ލައިވް ބްލޮގަށް 'ވަން'ގެ ކިޔުންތެރިންނަށް މަރުހަބާ.

ގިނަ ރަށްރަށުގައި ހެނދުނު 8:00ގައި ވޯޓުލާން ފެށުނު ނަމަވެސް، މަދު ރަށެއްގައި ވޯޓުލުން ފެށުމަށް ހަމަޖެހިފައިވާ ގަޑިއަށްވުރެ ލަހުން ވޯޓުލުން ފެށިފައިވޭ.