ހއ. މޮޅަދޫގައި ދެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އޮންލައިނަށް" ވިދާޅުވީ އެ މައްސަލައާ ގުޅިގެން އިއްޔެގެ ވަގުތެއްގައި އެރަށުން ހައްޔަރުކޮށްފައި ވަނީ 46 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ކޯޓުން އިތުރުކޮށްދީފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ ޖިންސީ ގޯނާކޮށްފައި ވަނީ 10 އަހަރުގެ ކުޑަ ކުއްޖަކާއި 13 އަހަރުގެ ކުޑަކުއްޖަކަށް ކަމަށެވެ.
ތަހުގީގު ކުރިއަށްދާތީ އެ މައްސަލައިގެ ތަފްސީލް ފުލުހުން ނުދެއެވެ.