ކޮންޓްރޮވާޝަލް ވެފައިވާ ފިލްމް މަނިކަރްނިކާގެ އެޑިޓިން އާއި ޕޯސްޓް ޕްރޮޑަކްޝަން ސުޕަވައިޒް ކުރުމުގައި ކަންގްނާ ހަރަކާތްތެރި ވާ ކަމަށް ހަބަރުތައް ބުނެފި އެވެ.
ދިވާލީ ފާހަގަ ކުރުމަށްފަހު ކަންގާ މިހާރު ވަނީ ބޯޕާލުގައި ފިލްމް "ޕަންގާ" ގެ ޝޫޓިންވެސް ފަށާފައެވެ. އެ ފިލްމް އަކީ އިންޑިއާގެ މަގްބޫލު ކުޅިވަރެއް ކަމަށްވާ "ކަބައްޑީ" (ދިވެހި ގޮތުންނަމަ ބައިބަލާ) އަށް ބިނާ ކޮށް ހަދާ ފިލްމެކެވެ. ކަންގްނާ ވަނީ އެފިލްމް ގައި އޭނާގެ ރޯލަށްވެސް ތައްޔާތުވެފައެވެ. މީގެ އިތުރުން ކަބައްޑީ ކުޅިވަރުވެސް ކަންގްނާ ވަނީ މި ފިލްމް ކުޅެން ދަސްކުރަން ފަށާފައެވެ.
ނަމަވެސް ފިލްމް މަނިކަރްނިކާ ގެ އެޑިޓިން މަސައްކަތްތައް ކުރިއަށް ދަނީ މުމްބާއީގައި ކަމުން ކަންގްނާ އަށް ޖެހެނީ ބޯޕާލާއި މުމްބާއީ ދެމެދު ދަތުރު ކުރަން ޖެހިފައެވެ. ޕަންގާގެ ޝޫޓިން މެދުތެރިން މުމްބާއީ އަށް ގޮސް މަނިކަރްނިކާގެ ޕޯސްޓް ޕްރޮޑަކްޝަން ކަންގްނާ ސުޕަވައިޒް ކުރެއެވެ. މި ގޮތަށްވެސް މަނިކަރްނިކާ ފިލްމްގެ ފެންވަރު ހިފަހައްޓަން ކަންގްނާ ބޭނުންވެއެވެ.
ކްއީން އޮފް ޖާސީ އަށް ނިސްބަތް ކޮށް ހަދާފައިވާ ފިލްމް މަނިކަރްނިކާ އަކީ ކަންގްނާ ގެ މިހާތަނަށް ނެރޭ އެންމެ ތަފާތު ރޯލުގެ ގޮތުގައި ފެނިގެން ދާނެ ކަމަށް ހަބަރުތައް ބުނާ އެއް ފިލްމެވެ.
މަނިކަރްނިކާ ރިލީސް ކުރުމަށް ހަމަޖެހިފައި ވަނީ ނުވެމްބަރު 29 ގައެވެ.