ކާމިޔާބު ފިލްމުތަކަކަށްފަހު ރަންވީރު ސިންގް މިއުޒިކްގެ ދުނިޔެއާ ގުޅިއްޖެއެވެ.
އެގޮތުން އޭނާގެ އަމިއްލަ މިއުޒިކް ލޭބަލް ކަމުގައިވާ "އިންއިންކް ރިކޯޑްސް" ގެ ފުރަތަމަ ލޯބީގެ ލަވަ މި ވަނީ ރިލީސްކޮށްފަ އެވެ.
ލަވަ ރިލީސްކުރުމަށްފަހު މީޑިއާއާ ވާހަކަ ދައްކަމުން ރަންވީރު ބުނީ ގިނަ މީހުނަށް ފިލްމު ގަލީ ބޯއީގެ ލަވަ ލިޔެ ކޮމްޕޯސްކުރީ އޭނާކަން ނޭނގޭކަމަށެވެ. އަދި އޭނާގެ ލޯބީގެ ފަޅިއަކީވެސް އޭނާގެ ޝަހުސިއްޔަތުން ފެންނަ ހަރުކަށި ފަޅިހާ ޝްޕެޝަލް ފަޅިއެއް ކަމަށެވެ. އަލަށް ރިލީސްކުރި ލަވަ "މުހައްބަތު" އިން ކުރިން ފެނިފައިނުވާ ބައެއް އޯޑިއަންސްއަށް ފެނިގެންދާނެކަމަށް ރަންވީރު ބުނެއެވެ.
އިންއިންކް ރިކޯޑްސް ރަންވީރު ލޯންޗް ކުރީ ފިލްމު ޕްރޮޑިއުސަރު ނަވްޒަރު އިރާނީ އާއެކު މިއަހަރުގެ މާރޗްގައެވެ.