ވިކްރަމް ބަޓުގެ ފިލްމު ގޯސްޓްގެ ބަތަލާގެ ބައިން ފެނިގެންދާ ތަރި ސަނާޔާ އިރާނީ ބިރުވެރި ވާހަކަދެކެ ބިރުގަންނަ ކަމަށް ބުނެފިއެވެ.
މީޑިއާއަށް ދިން އިންޓިވިއުގައި ސަނާޔާ ބުނީ ބިރުވެރި ވާހަކަދެކެ ބިރުގަތަސް ބިރުވެރި ފިލްމު ވަރަށް ބަލާހިތްވާ ކަމަށެވެ. ނަމަވެސް ތިއޭޓަރުގައި އިންނަނީ ލޯ މަރައިގެން ކަމަށް ސަނާޔާ ބުންޏެވެ. ގޯސްޓް އަކީވެސް އެހާ ބިރުވެރި ފިލްމެއް ކަން ފާހަގަ ކުރަމުން ސަނާޔާ ބުނީ މިފަހަރު ބިރުވެރި ފިލްމުގައި ސްކްރީން ކުރިމަތީ ހުރީ އޭނާކަން އަދިވެސް ޔަގީން ނުވާކަމަށެވެ.
ގޯސްޓް އަކީ ސިޔާސީ މީހެއް އޭނާގެ އަންހެނުން މަރައިގެން ކުރާ ޝަރީއަތެއްގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ. އެ މީހާ ބުނާ ގޮތުގައި އޭނާގެ އަންހެނުން މެރީ ގޮތް ނޭނގޭ ރޫހެކެވެ.
ޓީވީ ސީރީޒް ތަކުން ބޮލީބުޑަށް ނުކުތް ސަނާޔާގެ ފިލްމު ގޯސްޓް ރިލީސް ކުރަނީ މިމަހު 18ގައެވެ.