ބޮލީވުޑް

ފިލްމް ތާނަޖީގައި ސައިފް އަދި އަޖޭ

ގިނަ ދުވަސް ތަކަކަށްގަހު ސައިފް އަލީ ޚާން އަދި އަޖޭ ދޭވްގަން އެކީގައި ފިލްމަކުން ފެންނާނެ ކަމަށް އިއުލާންކޮށްފިއެވެ.

"ތާނަޖީ: ދަ އަންސަންގް ވޮރިއޯ" އަކީ އިންޑިއާގެ މަރާތީ ޝަހަރުގެ ވެރިކަން ކުރި ކޯލީ މިލިޓަރީ ލީޑަރެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ. މި ފިލްމްގެ ލީޑުން ފެނިގެން ދާނީ ސައިފް އަދި އަޖޭ އެވެ.

ފިލްމްގައި ސައިފް ކުޅެނީ އުދޭބަން ރާތޯރް ކިޔާ މީހެއްގެ ރޯލެވެ. އެއީ އެ އަޝަހަރުގެ ކޮންޑާނާ ފޯރޓް ބެލެހެއްޓުމާ ހަވާލުވެ ހުންނަ މީހާއެވެ. ފިލްމުގައި ސައިފްގެ ފުރަތަމަ ފެނިލުމުގެ ބައި މިހާރު ޝޫޓް ކޮށްފައި ވާއިރު ސައިފް އަދި އަޖޭ އެކީގައި ކުޅެން ޖެހޭ ބައިތަކުގެ ޝޫޓިން ނުފެށެއެވެ.

ސައިފް ބުނި ގޮތުގައި މިހާ ވިޝުއަލް އިފެކްޓް ގިނަ ފިލްމެއްގައި ކުރިން މަސައްކަތް ކޮށްފައެއް ނުވާނެ ކަމަށެވެ. ގްރެފިކްސް އާއި ވިޝުއަލް އިފެކްޓްސް އަށް ފިލްމްގެ ޑިރެކްޓަރު އޯމް ރާއުތް އެހާ މޮޅުކަން އެނގުމުން ފިލްމް ކުޅެން ފަސޭހަ ވެގެން ދިޔަ ކަމަށް ވެސް ސައިފް ބުންޏެވެ.

ފިލްމްގައި ވޮރިއޯގެ ބައި ކުޅެނީ އަޖޭއެވެ. އަޖޭވަނީ ވަރަށް ފަހުން ފިލްމުގައި އޭނާގެ ލުކް ފެންނަ ޕޯސްޓަރެއް ހިއްސާކޮށްފައެވެ. އޭގައި އަޖޭގެ ކެޕްޝަނުގައި ވާ ގޮތުގައި އެކެރެކްޓަރަކީ އޭނާގެ ބިމަށާއި، ރަސްގެފާނާއި ރައްޔިތުންގެ ދިފާއުގައި މަސައްކަތް ކުރި މީހެކެވެ"

އެންމެ ފަހުން އަޖޭ އަދި ސައިފް އެކީގައި ހަރަކާތްތެރިވީ 2006 ވަނަ އަހަރު ނުކިތް އޯމްކަރާ ފިލްމްގައެވެ.