ޓީޗަރުންގެ ދުވަހާ ގުޅިގެން ދިރާގުން ޓީޗަރުންނަށް ''އޭ ޕްލަސް'' ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ދިރާގުން ޓީޗަރުން ކުރާ މަސައްކަތް ބަލައިގަނެ ޓީޗަރުންނަށް ޝުކުރު ދެންނެވުމުގެ ގޮތުން ތައާރަފު ކުރި މި ޕެކޭޖުގައި ދިރާގުގެ ބައެއް ހިދުމަތްތައް ޓީޗަރުންނަށް ހިލޭ ދިނުމަށް ހަމަޖައްސާފައިވެއެވެ. އިއްޔެ ދިރާގުން ތައާރަފް ކުރި ''އޭ ޕްލަސް'' ޕެކޭޖުގައި ހިމެނެނީ ހަތަރު ހިދުމަތެކެވެ. އެއީ؛
- އަލަށް ގުޅާ ބްރޯޑް ބްރޭންޑް ކަނެކްޝަން ހިލޭ ގުޅައިދިނުން
- ފޯސްޓްޕެއިޑްގެ ހިދުމަތާއެކު ހިލޭ ޑާޓާ
- ދިރާގުން ގަންނަ ފޯނުތަކުން ހާއްސަ ޑިސްކައުންޓަކެއް
- ވަކި ގްރޫޕެއްގެ މެދުގައި ހިލޭ ގުޅުން، ޑާޓާ އެޑް-އޮންސް، ވޮއިސް އެޑް-އޮންސް އަދި ޝޯޓް ކޯލް ޑައެލިންގެ ހިދުމަތެވެ.
މިމަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ''އޭ ޕްލަސް'' ޕެކޭޖު ކޮންމެ ޓީޗަރަކަށްވެސް ލިބޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ. އަދި މި ޕެކޭޖްގެ ދަށުން މި ހިދުމަތް ހޯދަން އެދޭ ނަމަ ދިރާގަށް ފޯމު ހުށަހަޅަން ޖެހޭނީ އެ ޓީޗަރަކު މަސައްކަތް ކުރާ ސްކޫލް ނުވަތަ އިންސްޓިޓިއުޓެއްގެ ތައްޖަނޑު ޖެހުމަށްފަހު ކަމަށް ދިރާގުން ބުނެއެވެ.