އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ބިލުތައް ދައްކައިގެން މެލޭޝިއާ ދަތުރެއް ލިބޭ އޮފާއެއް އޫރިދޫ މޯލްޑިވެސް އިން ފަށައިފިއެވެ.
އުރީދޫން ބުނީ އެމްފައިސާ މެދުވެރިކޮށް ބިލް ދައްކާ ބޭފުޅުންގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ކޮންމެ މަހަކު މެލޭޝިއާ ދަތުރެއް ލިބޭނެ ކަމަށެވެ.
އެގޮތުން އެމްފައިސާ މެދުވެރިކޮށް ކަރަންޓް ބިލް، ފެން ބިލް، މީޑިއާނެޓް، ސުޕަނެޓް އަދި ފޯނު ބިލު ދައްކައިގެންވެސް މި އޮފާގައި ބައިވެރި ވެވޭނެއެވެ.
މި އޮފާ ކުރިއަށްދާނީ އަންނަ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ކަމަށް އުރީދޫން މައުލޫމާތުދެއެވެ.
އުރީދޫން އެމްފައިސާގެ ހިދުމަތް ތައާރަފުކޮށްފައިވަނީ މިދިޔަ އަހަރުއެވެ. އެއީ ސްމާޓްފޯން ބޭނުންކޮށްގެން ފައިސާ ދެއްކުމަށް އުރީދޫން ތައާރަފުކޮށްފައިވާ ހިދުމަތެކެވެ. އެމް ފައިސާ އަކީ ކޮންމެ ތަނަކުން، އަދި ކޮންމެ ވަގުތެއްގައިވެސް، ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ހިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަނެކެވެ.