އުމަރު ނަސީރު

ލާދީނީ ފިކުރާ ދެކޮޅަށްވެސް ބޮޑެތި ގާނޫނު ހަދައި އަދަބު ކަނޑައަޅަންޖެހޭ: އުމަރު

ފަތޯނާ ފާއިޒު

ލާދީނީ ފިކުރާ ދެކޮޅަށްވެސް ބޮޑެތި ގާނޫނުތައް ހަދައި އަދަބުތައް ކަނޑައަޅަންޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް ޓެރަރިޒަމްގެ ގާނޫނަށް ބަދަލު ގެނެސްފައިވާ ފަދައިން ލާދީނީ ފިކުރާ ދެކޮޅަށްވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އުމަރު ވިދާޅުވީ އެހެން ފަސްގަނޑެއްގައި ހުރެ ދީނުގެ ނަމުގައި ހަނގުރާމަ ކުރާ މީހާ ޖަލަށް ލާފައި، މި ފަސްގަނޑުގައި ތިބެގެން ދީނާ ދެކޮޅަށް ފިކުރީ ހަނގުރާމަ ކުރާ މީހުން ޖަލަށް ނުލެވޭނަމަ އިންސާފު ނެތިގެންދާނެ ކަމަށެވެ.

އުމަރު ނަސީރު އެހެން ވިދާޅުވި އިރު، އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރުނު މޯލްޑޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކްގެ މެމްބަރުންނާ ދެކޮޅަށް ގިނަ ބަޔަކު ދަނީ އަޑު އުފުލަމުންނެވެ. އެގޮތުން އެ ނެޓްވޯކް ބަންދުކޮށް، އެ ރިޕޯޓް ތައްޔާރު ކުރުމުގައި ޝާމިލްވާ މީހުން ހައްޔަރުކޮށް އަދަބު ދޭންޖެހޭ ކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އެމްޑީއެންއާ ދެކޮޅަށް މީސްމީޑިއާގައި ކެމްޕެއިނެއް ފަށައިގެން ކުރިއަށްދާ އިރު، އެ ކެމްޕެއިނުގައި ގިނަ ބަޔަކު ދަނީ ބައިވެރިވަމުންނެވެ.