ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފް އެކީގައި ފެނިގެންދާ ފިލްމު "ވޯ" ވަނީ މިމަހު ދޭއްގައި ރިލީސްކޮށްފައެވެ.
ފިލްމަަށް ބޮޑު ތަރުހީބެއް ލިބެމުންދަނިކޮށް ފިލްމު މިވަނީ އޮންލައިންކޮށް ލީކް ކޮށްލައިފައެވެ.
ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމު ލީކް ކޮށްލާފައިވަނީ ޓެމިލް ރޮކާސް ކިޔާ ވެބްސައިޓަކުންނެވެ. މިއީ އާންމުކޮށް ފިލްމުތައް ލީކް ކުރާ ވެބްސައިޓެކެވެ. އަދި މި ވެބްސައިޓާ މެދު ފިޔަވަޅު ނޭޅެނީ އަބަދު ސައިޓުގެ ޑޮމެއިން ބަދަލު ކުރަމުން ދާތީ ކަމަށްވެސް ވެއެވެ. ގަވައިދާ ހިލާފަށް ހިންގާ މި ސައިޓަށް ފިލްމު "ވޯ"ގެ ލީކްކޮށްފައިވަނީވެސް އެޗްޑީ ވާޝަންއެކެވެ.
ފިލްމު ސްޕޮއިލް ނުކުރުމަށް ރިތިކް އޭނާގެ ޓުވިޓަރުގައި އެދިފައިވަނިކޮށް ލީކް ކޮށްލުމުން ގިނަ ބަޔަކު އެކަމާ ނުރުހުންވެސް ވަނީ ފާޅުކޮށްފައެވެ.
ރިތިކް އާއި ޓައިގާ ފެނިގެންދާ އެ ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ސިދާތު އާނަދްއެވެ. ފިލްމުގައި ބަތަލާއަކަށް ފެނިގެންދަނީ ވާނީ ކަޕޫރެވެ.
ޓެމިލް ރޮކާސް ވެބްސައިޓުގައި މެގާ ސްޓާ ޗިރަންޖީވި ލީޑުން ފެނިގެންދާ ފިލްމު "ސައެ ރާ ނަރްސިމްހާ ރެޑީ" ވެސް ވަނީ ލީކް ކޮށްލާފައެވެ.