ފަތުރުވެރިކަމުގެ ދާއިރާގައި އޮސްކާގެ ނަމުން މަޝްހޫރުވެފައިވާ އެވޯޑު ކަމުގައިވާ ވޯލްޑް ޓްރެވަލް އެވޯޑުގެ ހަ ކެޓަގަރީއަކަށް ރާއްޖެ ނޮމިނޭޓްވެއްޖެއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ނެރެފައިވާ ނޫސްބަޔާނުގައި ވާގޮތުން 12 ސަރަހައްދަކަށް ބަހާލައިގެން ދޭ މި އެވޯޑުގެ ދުނިޔެއިން ހޮވާލެވޭ ބައިގެ ތަފާތު ހަތް ކެޓަގަރީއަކަށް ރާއްޖެ ނޮމިނޭޓު ވެފައިވާ އިރު އެންމެ ޝަރަފުވެރި އެވޯޑުތައް އޭގެ ތެރޭގައި ހިމެނެ އެވެ.
އެ ކެޓަގަރީ ތަކަކީ:
އެމްއެމްޕީއާރުސީން ބުނި ގޮތުގައި ފާހަގަކޮށްލެވޭ ކެޓަގަރީއެއް ކަމަށްވާ "އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން" ގައި ރާއްޖެ އާއި ވާދަ ކުރަމުން އަންނަ ގައުމު ތަކުގެ ތެރޭގައި ސްރީލަންކާ، ކޮސްޓާރިކާ، މޮރޮކޯ، މޮރިޝަސް އަދި ޖަމެއިކާ ހިމެނެއެވެ.
ވޯލްޑް ޓްރެވަލް އެވޯޑަކީ ފަތުރުވެރިކަމުގެ ދާއިރާގައ ދެވޭ އެންމެ ޝަރަފުވެރި އެވޯޑެވެ. 1993 ވަނަ އަހަރު ދޭން ފެށި މި އެވޯޑުގެ މަގުސަދަކީ ބައިނަލް އަގުވާމީ ފަތުރުވެރިކަމުގެ ދާއިރާގައި ހާއްސަ ކާމިޔާބީތައް ހާސިލު ކުރާ ފަރާތްތައް ފާހަގަކުރުމެވެ. މި އެވޯޑު ލިބޭ ފަރާތްތައް ކަނޑައަޅަނީ ދުނިޔޭގެ ތަފާތު ގައުމުތަކުގެ ޓްރެވަލް އެޖެންސީތަކުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުންގެ ވޯޓުންނެވެ.
28 ނޮވެމްބަރުގައި އޮމާންގެ ރޯޔަލް އޮޕެރާ ހައުސް މަސްކެޓްގައި މިއަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑު ބާއްވާއިރު މިއަހަރަކީ މިއެވޯޑު ބާއްވާ 26 ވަނަ އަހަރެވެ.