ރިސޯޓެއްގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވެ ބިދޭސިއަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ އިއްޔެގެ 18:20 ހާއިރު ނ. އަތޮޅުގައި ރިސޯޓެއް ގޮތައް ތަރައްގީ ކުރަމުންދާ ނ. ދިގުރަށުގައި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ ދަށުން މަސައްކަތް ކުރަމުން ދިޔަ 25 އަހަރުގެ ބިދޭސީ ފިރިހެނަކަށް ބޮޑެތި އަނިޔާތަކެއް ލިބިގެން އެއަތޮޅު މަނަދޫ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެގޮތުން މިހާތަނަށް ބެލި ބެލުމުން އެ މީހާއަށް އަނިޔާވެފައި ވަނީ މަސައްކަތް ކުރަމުން ދަނިކޮށް ގާ އަޅާ ބޮޑު މެޝިނެއްގެ ބެލްޓް ދަށުވެގެން ހިނގި އެކްސިޑެންޓެއްގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އަދި އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް މަނަދޫ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި މައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.