ފިލްމު ދަޅަކް އިން ބޮލީވުޑަށް ނުކުތް ދެތަރިން ކަމުގައިވާ ޖާންވީ ކަޕޫރާއި އިޝާން ކައްޓަރަށް އަންނަނީ ފިލްމު އިންޑަސްޓްރީން ބޮޑު ތަރުހީބެއް ލިބެމުންނެވެ.
ދަޅަކް އަށްފަހު ކާމިޔާބު އެހެން ފިލްމުތަކެއް ދެތަރިން ކުޅެފައިވާއިރު ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި މިދެތަރިން އަނެއްކާވެސް އެކުގައި އޮން ސްކްރީނުން ވަަރަށް އަވަހަށް ފެނިގެން ދާނެއެވެ.
ނަމަވެސް މިފަހަރު ފިލްމަކުން ނޫނެވެ. ޖާންވީ އާއި އިޝާން އެކުގައި ފެނިގެންދާނީ ޓީވީ ގޭމް ޝޯއަކުންނެވެ. ޝޯގައި ދެތަރިންވެސް މަޖާ ސުވާލުތަކަކަށް ޖަވާބުދޭނެކަމަށް ވެއެވެ.
އިޝާންގެ ފިލްމަކަށް އެންމެ އަވަހަށް ފެނިގެން ދާނީ އަނަންޔާ ޕާންޑޭ އާއެކު "ކާލީ ޕީލީ" އެވެ. ޖާންވީ ގެ ދެ ފިލްމެއް ކުރިއަށް އެބައޮތެވެ. އެއީ "ގުންޖަން ސަކްސޭނާ: ދަ ކާގިލް ގާލް" އަދި ކަރަން ޖޯހަރުގެ ފިލްމު "ތަހްތު" އެވެ.