ޕޮލިސް

ކުޑަ އަންހެން ކުދިންތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގެ މައްސަލައެއް ފުލުހުން ބަލަނީ

އިބްރާހިމް ޒަކީ

ކުޑަ އަންހެން ކުދިންތަކެއްގެ މެދުގައި ހިނގި މާރާމާރީއެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންބުނީ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

އެއީ ރަސްފަންނު ސަރަހައްދުގައި ހިންގި މާރާމާރީއެއް ކަމަށާއި އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ރޭ ސޯޝަލް މީޑިއާގައި ވެސް ދައުރުވި މި މާރާމާރީގެ ވީޑިއޯއިން ފެންނަނީ ދެ އަންހެން ކުއްޖަކު، އިތުރު އެހެން އަންހެން ކުއްޖެއްގެ ގައިގާ ތަޅައި އަނިޔާކޮށް ބިންމައްޗަށް ވައްޓާލާ ތަނެވެ.

އެމާރާމާރީ ހިނގަމުންދިޔައިރު، އެހެން ފިރިހެން ކުރިންތަކެއް އެކަން ހުޓުމަށް ގޮވަމުންދާ އަޑުވެސް އިވެއެވެ. އަދި ދެ ފިރިހެން ކުއްޖަކު އެތަނަށް އައިސް ބިއްމައްޗަށް ވެއްޓިފައި އޮތް ކުއްޖާގެ ބޮލުގައި ތަޅަމުންދިޔަ އަންހެން ކުއްޖާގެ އަތުގައި ހިފާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.