އަބްދުﷲ ސިނާން

އޮފީސްތައް ފިނިކޮށް ހުންނައިރު ދަރިވަރުންގެ ކްލާސްތައް ހޫނު މައްސަލަ އަށް ހައްލެއް ލިބޭން ޖެހޭ: ސިނާން

އަހުމަދު ޖައިޝަން

7

ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ މާހައުލު ފިނިކޮށްފައި ދަރިވަރުން ކިޔަވާ ކްލާސްތައް ހޫނުކޮށް ހުންނަ މައްސަލައަށް ހައްލެއް ލިބެން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ވިދާޅުވެއްޖެއެވެ.

ސިނާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ މުވައްޒަފުންނާއި ވެރީންގެ އިތުރުން ސްކޫލުގެ އިސްވެރިންނާއި ޓީޗަރުންވެސް ތިބެނީ ފިނި މާހައުލުގައި ކަމަށެވެ. ނަމަވެސް ސްކޫލުތަކުގައި ކިޔަވާ ދަރިވަރުން ތިބެނީ 32 ޑިގްރީގެ ކްލާސްރޫމްތަކުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސިނާން ވިދާޅުވީ އެ މައްސަލައަށް ތައުލީމީ ސިޔާސަތުގެ ތެރެއިން ހައްލެއް ބޭނުންވާ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުން ވަނީ ރާއްޖޭގެ ތައުލީމީ ސިޔާސަތަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އޭގެތެރެއިން އެންމެ ފަހުން ގެނެސްފައިވާ ބަދަލަކީ ފޮތްތަކުގެ ބަދަލުގައި ސްކޫލުގައި ކިޔަވާ ދަރިވަރުން ޓެބްލެޓް ބޭނުންކުރުމެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟