ރިޝްވަތުގެ ގޮތުގައި ފައިސާ ބަހަމުންދާ ކަމަށް ބުނެ ކޯޓު އަމުރާއެކު އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ކެމްޕޭން އޮފީހަށް ފުލުހުން ވަދެއްޖެއެވެ.
މިއަދު މެންދުރު ފަހުވެސް ފުލުހުން ވަނީ ސޯލްޓް ކެފޭ އެންޑް ރެސްޓޯރެންޓް ހިންގަމުންދާ ޝައިންޓްރީ ބިލްޑިންގައި ހުންނަ އިބޫގެ ކެމްޕޭން އޮފީހަށް ވަދެފައެވެ. ނަމަވެސް އޭރު ފުލުހުން އެ އޮފީހަށް ވަދެފައިވަނީ ކޯޓު އަމުރަކާ ނުލައި ކަމަށް އެމްޑީޕީން ބުނެއެވެ.
ކްރިމިނަލް ކޯޓުން ނެރެފައިވާ ކޯޓު އަމުރުގައިވާ ގޮތުގައި މާދަމާ ބާއްވާ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲގެ ފިރިކަލުން އަދި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެންބަރު އަހްމަދު ޝާހިދު (ސާބެ)އާއި އިތުރު ބަޔަކު ބައިވެރިވެގެން ޝައިންޓްރީ ބިލްޑިންގައި ރިޝްވަތުގެ ގޮތުގައި ފައިސާ ބަހަމުންދާ ކަމަށް ތުހުމަތުކުރެވެއެވެ.
ކޯޓުން ވަނީ ޝައިންޓްރީ ބިލްޑިންގެ އެއްވަނަ ފަންގިފިލާއިން ފެށިގެން ހަތްވަނަ ފަންގިފިލާއާ ހަމައަށް ފާސްކުރުމަށް ފުލުހުން އަމުރުކޮށްފައެވެ. އެ އަމުރަކީ ފުލުހުންގެ އެދުމުގެ މަތިން ކްރިމިނަލް ކޯޓުން ނެރުނު އަމުރެކެވެ.
ކޯޓު އަމުރުގައިވާ ގޮތުގައި ފުލުހުން އެ ތަންތަން ބަލައި ފާސްކުރަނީ މައްސަލައާ ގުޅުންހުރި ފައިސާގެ މުއާމަލާތްތަކާ ގުޅުންހުރި ލިޔެކިޔުންތަކާއި ރިޝްވަތުގެ ގޮތުގައި ދިނުމަށް ބަހައްޓާފައި ހުރި ފައިސާ އަދި އެނޫނަސް މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކާއި ތަކެތި ހޯދުމަށެވެ.
ފުލުހުން މިއަދު މެންދުރު ފަހުން ފެށިގެން ކޯޓު އަމުރު ލިބުމާ ހަމައަށް ވެސް ދިޔައީ އެތަން ފާސްކުރަމުންނެވެ. އޭރު ކޯޓު އަމުރެއް ނެތި އެ އޮފީހަށް ވަނުމުން، އެމްޑީޕީގެ އިސް ފަރާތްތަކުން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ.