ކުރީގެ ރައީސް އަބްދުﷲ ޔާމީން

މި ހަފުތާ ބަންދުގައި ރައީސް ޔާމީން ތުލުސްދޫ ދާއިރާއަށް ވަޑައިގެންނެވުމަށް ހަމަޖައްސައިފި

އާނިފާ ހުސެއިން ސިރާޖް

މި ހަފުތާ ބަންދުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތުލުސްދޫ ދާއިރާއަށް ވަޑައިގެންނެވުމަށް ހަމަޖައްސައިފި ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ތަރުޖަމާނު، ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނު ތުލުސްދޫ ދާއިރާއަށް ކުރައްވާ ދަތުރުފުޅުގައި ދިއްފުށި، ތުލުސްދޫ އަދި ހުރާގެ އިތުރުން ހިންމަފުއްޓަށް ވަޑައިގަންނަވާނެ ކަމުގައެވެ.

ނަމަވެސް މިއީ ކޮން ކަމަކަށް ކުރައްވާ ދަތުރުފުޅެއް ކަަމެއް ވިދާޅުވެފައެއް ނުވެއެވެ.

ޝުޖާއު ---

ރައީސް ޔާމީން މި ހަފުތާ ބަންދުގައި ތުލުސްދޫއަށް ވަޑައިގެންނެވުމަށް ހަމަޖައްސާފައިވާއިރު، ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑަރިންގެ ދައުވާގައި، މި މަހުގެ ނުވަނަ ދުވަހުގެ 13:00ގައި އަޑުއެހުން ބޭއްވުމަށް ވަނީ ނިންމައިފައެވެ.