ދިވެހިރާއްޖެއަކީ ދުނިޔެ މަތީގެ ސުވަރުގެ ކަމުގައި ގަބޫލު ކުރާ މީހުން ވަރަށް ގިނައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މީހުން ރާއްޖެ ދެކެނީ ދުނިޔޭގައިވާ ސުވަރުގޭގެ "އެތިކޮޅެއް" ކަމުގައެވެ.
އިތާމުތްތަކެއް ފަދަ ރާއްޖޭގެ ރީތިކަމުގެ ޖާދޫގައި ޖެހިފައިވާ އެކަކީ ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހައެވެ. އޭނާ ބުނިގޮތުގައި، ރާއްޖެ އަކީ އޭނާގެ "ފޭވަރިޓް" ހޮލިޑޭ ޑެސްޓިނޭޝަންއެވެ. މީގެ ކުރިންވެސް ސޮނާކްޝީ ވަނީ ޗުއްޓީއަށް ރާއްޖެ އައިސްފައެވެ. ދާދި ފަހުންވެސް ރާއްޖޭގެ ރީތިކަން ދެކިލުމަށް އޭނާ ވަނީ ޖުމެއިރާ ވިއްޓަވެލި ރިސޯޓަށް އައިސް ޗުއްޓީ ހޭދަކޮށްފައެވެ.
ރާއްޖެއިން ފުރަމުން އޭނާ އިންސްޓެގްރާމްގައި ހިއްސާ ކުރި މެސެޖުން އެނގުނީ، ރާއްޖެ ދޫކޮށް ދާން އޭނާ އެއްވެސް ވަރަކަށް ބޭނުން ނުވާ ކަމެވެ.
ސޮނާކްޝީ ބުނީ، މަސައްކަތުން ބްރޭކެއް ނަގައިގެން އަދިވެސް ރާއްޖެ އަންނާނެ ކަމަށެވެ.
ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށްފަހު ސޮނާކްޝީ އެނބުރި ގައުމަށް ދިޔައިރު، އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ސައިފް އަލީ ހާންގެ "ލާލް ކަޕްޓާން" އަދި ސަލްމާން ހާންގެ "ދަބަންގް ތްރީ"އިންނެވެ.