ގަވާއިދާ ހިލާފަށް މަގުމަތީގައި ފާކް ކޮށްގެން، ޓޯކޮށްފައިވާ އުޅަނދުތަކާ ހަވާލު ނުވެއްޖެނަމަ، އެ އުޅަނދުތައް ނައްތާލާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ގަވައިދާ ހިލާފަށް ޕާކު ކުރުމުގެ ސަބަބުން ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސްފައިވާ 11 އުޅަނދު އެބަހުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއީ 11 މޮޓޯ ސައިކަލެވެ.
ފުލުހުން ބުނީ އެ އުޅަނދުތަކަކީ ގަވާއިދާ ހިލާފަށް މަގުމަތީގައި ފާކް ކުރުމާ ގުޅިގެން ދަތުރު ފަތުރުގެ ގާނޫނުގެ ހަތްވަނަ މާއްދާގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އުޅަނދުތަކެއް ކަމަށެވެ. އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން އުޅަނދުތައް 60 ދުވަހުގެ ތެރޭގައި ވެރި ފަރާތްތަކުން ނުގެންގޮސްފިނަމަ، ހަމަޖެހިފައިވާ އުސޫލުގެ މަތިން ނައްތާލުމުގެ މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެއެވެ.