އަހްމަދު އަދީބު އަބްދުލްގަފޫރު

ކިޑްނީ މައްސަލައެއްގައި އަދީބަށް އެމަޖެންސީގައި ފަރުވާދެނީ

1

ކިޑްނީގައި އުފެދިފައިވާ ހިލައިގެ ސަބަބުން އުނދަގޫތަކެއް ކުރިމަތިވާތީ އައިޖީއެމްއެޗުގެ އިމަޖެންސީގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރަށް ފަރުވާދޭން ފަށައިފިއެވެ.

އަދީބުގެ އާއިލާ އިން ބުނީ މިއަދު ހެނދުނު ބަނޑުގައި ރިއްސާތީ ދޫނިދޫ ޑޮކްޓަރަށް އެމަނިކުފާނު ދެއްކުމަށްފަހު ކުއްލިގޮތަކަށް މިރޭ 7:45 ހާއިރު އައިޖީއެމްއެޗަށް ގެނެސް އެމަޖެންސީގައި ފަރުވާދެމުން އަންނަ ކަމަށެވެ.

އާއިލާ އިން ބުނީ އަދީބުގެ ކިޑްނީގައި ހިލަ އުފެދިފައިވާތީ، އެކަމުގެ ސަބަބުން އަނދަގޫވަނީ ކަމަށެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ މީގެކުރިން ''ވަން އޮންލައިނަށް'' ވިދާޅުވެފައި ވަނީ ކިޑްނީގައި އުފެދިފައިވާ ހިލައިގެ ސަބަބުން ހާލަތު އިތުރަށް ގޯސްވެފައިވާކަން އެނގުނު ކަމަށެވެ. އަދި އެކަމާ ގުޅިގެން ގޭބަންދަށް އަދީބު ބަދަލުކުރުމަށް ޑޮކްޓަރު ލަފާދެއްވި ކަމަށް ވެސް ނަޝްވާ ވިދާޅުވިއެވެ.

ނަޝްވާ ވިދާޅުވީ އަދީބުގެ ހަށިގަނޑުގައި ސިސްޓުތަކެއް ވެސް އުފެދިފައިވާ ކަމަށެވެ. އަދި އެންމެ ކަންބޮޑުވަނީ އަދީބުގެ ހަށިގަނޑުގައި އުފެދޭ ސިސްޓުތަކަކީ އެމަނިކުފާނުގެ ބޭބެއަށް ޖެހުނު ކެންސަރާ ގުޅުންހުރި ހާލަތަކަށް ވުން އެކަށީގެންވާ ކަމަކަށް ވާތީ ކަމަށް ނަޝްވާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟