ޓެކްނޮލޮޖީ

ޕަބުޖީ ފޭނުންނަށް އުފާވެރި ހަބަރެއް، އެކްސް ބޮކްސްގައި މިހާރު ކުޅެވޭނެ

މުހައްމަދު އައުޒަމް

ޕަބުޖީ ކުޅޭ ފަރާތްތަކުން އެކްސްބޮކްސް ގައި މިހާރު ޕަބުޖީ ކުޅެވޭނެއެވެ.

މައިކްރޯ ސޮފްޓުން ވަނީ އެކްސްބޮކްސް މެދުވެރިކޮށް ޕަބުޖީ ގޭމް ހިލޭ ޑައުންލޯޑުކޮށް ކުޅެވޭނެ މަގުފަހިކޮށްދީފައެވެ.

މައިކްރޯސޮފްޓުން ރިލީސް ކޮށްފައިވާ ޕަބުޖީ ވާޝަން 1.0 އެކްސް ބޮކްސް މެދުވެރިކޮށް ޑައުންލޯޑުކުރެވުނަސް ކުޅެވޭނީ ލިމިޓެޑް ވަގުތަކަށެވެ. ފުލް ވާޝަން ޖެހޭނީ ގަންނާށެވެ. ފުލްވާޝަން ގެ އަގަކީ 29.99 އެމެރިކާ ޑޮލަރެވެ.

މައިކްރޯސޮފްޓްގެ ސްޓޯރުން ޕަބުޖީ ހިލޭ ޑައުންލޯޑު ކުރެވޭނީ ނޮވެމްބަރު 11 ވަނަދުވަހުގެ ނިޔަލަށެވެ.

އެކްސް ބޮކްސް މެދުވެރިކޮށް ޕަބުޖީ ކުޅެވޭއިރު އަންނަމަހުން ޕީއެސް ހަތަރެއްގެ ޕަބުޖީ ވާޝަން ލޯންޗު ކުރާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

މައިކްރޯސޮފްޓްގެ އެންމެ ފަހުގެ ގޭމް "ޕްރޯ އިވޮލިއުޝަން ސޮކަރ 2019" ވެސް ނޮވެމްބަރު 11 އާއި ހަމައަށް މައިކްރޯސޮފްޓް ގެ ސްޓޯރުން ހިލޭ ޑައުންލޯޑު ކުރެވޭނެއެވެ.