ޕްރިޔަންކާ އާއި ނިކް އަންނަނީ ޑިސެމްބަރުގައި ކައިވެނި ކުރުމަށް ތައްޔާރު ވުމުގެ ގޮތުން އެކި ސެލެބްރޭޝަންތަކާއި ހަފްލާތައް ބާއްވަމުންނެވެ. މި ޖޯޑުގެ ރޮމާންސް އަކީ ފޮރުވިފައިވާ ކަމެއް ނޫނެވެ. ފާޅުކަން ބޮޑު ގޮތެއްގައި ދެ ތަރިންވެސް އެކަކު އަނެކަކުގެ ފޮޓޯ މީސްމީޑިއާގައި ހިއްސާކޮށް އެއަށް ކިއުޓް ކޮމެންޓް ކޮށް ހަދާތީ ދެ ތަރިންގެ ފޭނުންވެސް ވެސް ވަނީ ޕްރިޔަންކާ އާއި ނިކް އަކީ ވަރަށް ލޯބި ކަޕަލްއެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ.
މީގެ ދެދުވަސް ކުރިން ލޮސް އެންޖެލްސްގައި އޮތް ބާސްކެޓް ބޯޅަ ގޭމެއްގައި ނިކް އޭނާގެ ކޮއްކޮ ޖޯ ޖޮނާސް އާއި އެކީ ގޮސް އުޅެނިކޮށް ވަނީ ފޭނެއް ސްނެޕް ކޮށްފައެވެ.
ނިކް އަދި ޕްރިޔަންކާގެ އެތައް ފޮޓޯއަކަށް ފޭނުން ލޯބި ކުރާ އިރު ނިކްގެ މިފޮޓޯގައި އޭނާގެ އަތުގައި އޮތް ފޯނުގައި ހުރި ވޯލްޕޭޕާ ވަނީ ގިނަ ބައެއްގެ ލޮލުގައި އަޅައިގެންފައެވެ. މާ ގިނަ އިރުތަކެއް ނުވަނީސް ފޭނުން ވަނީ އެއީ ޕްރިޔަންކާގެ ކޮން ފޮޓޯއެއްކަންވެސް ހޯދައި ޝެއަރ ކޮށްފައެވެ.
ޕްރިޔަންކާގެ އެ ފޮޓޯ އަކީ ނިކް މީގެ އަހަރެއްހާ ދުވަސް ކުރިން އޭނާގެ އިންސްޓަގްރާމުގައި ޕޯސްޓް ކޮށްފައިވާ ފޮޓޯ އެކެވެ. އަދި އެ ފޮޓޯ ނަގާފައި ވަނީ އެދެބައިވެރިން އެންމެ ފުރަތަމަ ދިމާވި ދުވަހު ކަމުގައިވެސް މީޑިއާ ތަކުގައިވެއެވެ.