ވިޔަފާރި

އޭޝިއާ ޓްރޭޑިންގް އިން ރާއްޖޭގައި ''ޔޫރޯ ފްރެޝް'' ލޯންޗް ކޮށްފި

މަރިޔަމް ޝަހުދާ

އޭޝިއާ ޓްރޭޑިންގް އިން ރާއްޖޭގައި ''ޔޫރޯ ފްރެޝް'' ލޯންޗް ކޮށްފިއެވެ.

އޭޝިއާ ގްރޫޕް ޓްރޭޑިންގް އިން ޔޫރޯ ފްރެޝް ޑްރިންކް އިއްޔެ ލޯންޗްކޮށްފައިވަނީ ކުރެއްދޫ ރިސޯޓުގައެވެ.

އެ ކުންފުނިން އިއްޔެ ލޯންޗް ކުރި މި ''ސޮފްޓް ޑްރިކް''ގެ ހަތަރު ފްލޭވާއެއް ތައާރަފު ކޮށްފައިވެއެވެ. އެއީ ސްޓްރޯބެރީ، ލެމަން، ވޯޓާ ލެމަން އަދި އޮރެންޖް ފްލޭވާއެވެ. މީގެ އިތުރުން މި ބްރޭންޑްގެ ޓޮނިކް ވޯޓާ ވެސް އިއްޔެ ތައާރަފު ކޮށްފައިވެއެވެ. މި ބުއިމަކީ އެއް ފަހަރު ބޭނުންކޮށްފައި އުކާލެވޭ ކުނި މަދުކޮށް، ތިމާވެއްޓާއި ރައްޓެހި ގޮތެއް ހޯދައި، މިއަހަރު ތެރޭ ޕްލާސްޓިކް ބޭނުން ކުރާ ވަރު މަދު ކުރުމުގެ މަގްސަދުގައި ރާއްޖޭގެ ޓުއަރިޒަމްގެ މާކެޓަށް ލޯންޗް ކުރެވުނު ބުއިމެކެވެ.

''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން އޭޝިއާ ގްރޫޕް ޓްރޭޑިންގްގެ މެނޭޖިން ޑިރެކްޓަރ ހަފްސަތު އަލީމް ވިދާޅުވީ އަދި މި ބުއިން ލޯންޗް ކުރެވިގެން މިދިޔައީ ހަމައެކަނި ރިސޯޓުތަކަށް ކަމަށެވެ. އަދި ވަރަށް އަވަހަށް ލޯކަލް މާކެޓަށް މި ބުއިން ލޯންޗު ކުރާނެ ކަމަށް ހަފްސަތު ވިދާޅުވިއެވެ.

ހަފްސަތު ވިދާޅުވީ މިވަގުތަށް އެ ކުންފުނީގެ ޓާގެޓަކީ ރިސޯޓުތަކަށް މި ބުއިން ސަޕްލައިކޮށްދިނުން ކަމަށެވެ. ނަމަވެސް އަންނަ މަހު ލޯކަލް މާރުކޭޓަށް މި ބުއިން ތައާރަފު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހަފްސަތު ވިދާޅުވިއެވެ.

''ޔޫރޯ ފްރެޝް'' ރާއްޖޭގެ މާކެޓަށް ގެނައި އޭޝިއާ ގްރޫޕް ޓްރޭޑިންގް އަކީ އިންޓަނޭޝަނަލް ޓެރޭޑިންގ ކުންފުންޏެކެވެ. މި ކުންފުންޏަކީ ރިސޯޓް އަދި ހޮޓެލް ތަކަށް ތަފާތު އެކި ބާވަތުގެ ސާމާނު ސަޕްލައިކޮށްދޭ ކުންފުންޏެކެވެ. މި ކުންފުނިން ރާއްޖޭގައި މަސައްކަތް ކުރަނީ ރާއްޖޭގެ ލޮޖިސްޓިކް ކުންފުންޏެއް ކަމަށްވާ އޭޝިއާ ފޯވާޑިންގ ޕްރައިވެޓް ލިމިޓަޑާއެކުއެވެ. އަދި މި ދެ ކުންފުނީގެ އަމާޒަކީ ރާއްޖެއަށް ހޮޓެލް އަދި ރިސޯޓް ދާއިރާއަށް އެންމެ ރަނގަޅު ތަކެތި ސަޕްލައިކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.