އެސްޓީއޯ

އަގުހުރި އިނާމު ތަކަކާއެކު އެސްޓިއޯ އިން ސުޕަކަޕް ނޫޑްލްސް ތައާރަފުކޮށްފި

އާނިފާ ހުސެއިން ސިރާޖް

އަގުހުރި އިނާމުތަކެއް ލިބޭ ހާއްސަ ޕްރޮމޯޝަނަކާއެކު އެސްޓީއޯ އިން "ސުފަކަޕް" ނޫޑްލްސް ތައާރަފުކޮށްފިއެވެ.

މިއަދު ހެނދުނު އެސްޓީއޯގެ ސުޕަމާޓުގައި ބޭއްވި ރަސްމިއްޔާތުގައި ހާއްސަ ޕްރޮމޯޝަނަކާއެކު ސުޕަކަޕް ނޫޑްލްސް އިފްތިތާހުކޮށްދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރުއެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ ތަރުޖަމާނު އަބުދުއްﷲ މުހައްމަދު ވިދާޅުވީ މި ޕްރޮމޯޝަންގެ ދަށުން، ގަންނަ ކޮންމެ ސުޕަކަޕް ނޫޑްލްސް އަކާ އެކު އިނާމެއް ލިބޭނެ ކަމަށެވެ. އެގޮތުން ގަންނަ ކޮންމެ ސުޕަކަޕް ނޫޑްލްސް ގެ ކަޕް ތެރޭގައި ކާޑު ކޮޅެއް އިންނާނެ ކަމަށާއި އެ ކާޑު ކޮޅުގައި އިންނަ އިނާމު ކޮންމެ ބޭފުޅަކަށްވެސް ލިބިގެންދާނެ ކަމަށް އަބުދުއްﷲ މުހައްމަދު ވިދާޅުވިއެވެ. އޭގެ ތެރޭގައި ކުޑަ އިނާމާއި ބޮޑު އިނާމު ހިމެނޭކަން ފާހަގަކޮށް އަބުދުއްﷲ މުހައްމަދު ވިދާޅުވީ މި ޕްރޮމޯޝަންގެ ބޮޑެތި އިނާމުތަކުގެ ތެރޭގައި ވާވޭ ފޯނާއި، ބަދިގެތެރޭ ހިފާ ގެންގުޅޭ ސާމާނުގެ އިތުރުން ސުޕަކަޕް ނޫޑްލްސް ކޭސް ހިމެނޭ ކަމަށެވެ.

އަދި ކުޑަ ނަމަވެސް އިނާމެއް ނޫޑްލްސް ގަންނަ އެންމެންނަށްވެސް ލިބޭނެކަން ފާހަގަކޮށް އަބުދުއްﷲ މުހައްމަދު ވިދާޅުވީ "އެއްވެސް ބޭފުޅަކަށް އިނާމު ނުލިބިއެއް ނުދާނެ" ކަމުގައެވެ.

މިއީ ދިވެހިންގެ ރަހަތަކަށް ބިނާކޮށް ހަދާފައިވާ ނޫޑްލްސް އެއް ކަމަށާއި ނޫޑްލްސްގެ ބާރަ ފުލޭވާ ހިމެނޭ ކަމަށް އަބުދުއްﷲ މުހައްމަދު ވިދާޅުވިއެވެ.

"މިއީ ރާއްޖޭގައި އެންމެ ގިނަ ފްލޭވާ އާ އެކު އެންމެ އަގުހެޔޮކޮށް ވިއްކާ ކަޕް ނޫޑްލްސް" އަބުދުއްﷲ މުހައްމަދު އިތުރަށް ވިދާޅުވިއެވެ.

އަބުދުއްﷲ މުހައްމަދު ވިދާޅުވީ އެސްޓީއޯގެ ހުރިހާ ފިހާރައެއްގެ އިތުރުން ރަށްރަށުގައި ގާއިމުކޮށްފައި ހުރި އެސްޓީއޯގެ އައުޓްލެޓް ތަކުންވެސް ސުޕަކަޕް ނޫޑްލްސް ލިބޭނެ ކަމުގައެވެ.

"ސްކްރެޗް އެންޑް ވިން" ޕްރޮމޯޝަންގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަންނަ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ކަމަށް އަބުދުއްﷲ މުހައްމަދު ވިދާޅުވިއެވެ.