އަހްމަދު މަހްލޫފު

އިބޫގެ ކެބިނެޓްގައި ގިނަ އަދަދެއްގެ މިނިސްޓަރުން ހިމެނޭނެ ކަމަށް ދެކެވޭ ވާހަކަތައް މަހުލޫފު ދޮގުކޮށްފި

1

އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ކެބިނެޓްގައި ގިނަ އަދަދެއްގެ މިނިސްޓަރުން ހިމެނޭނެ ކަމަށް ދެކެވޭ ވާހަކަތައް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ދޮގުކުރައްވައިފިއެވެ.

އިބޫގެ ސަރުކާރުގައި 22 ނުވަތަ 23 މިނިސްޓްރީއެއް ހިމެނޭނެ ކަމަށް ބައެއް ހަބަރުތައް ބުނެފައިވީ ނަމަވެސް، އެއީ ކަނޑައެޅިގެން ދޮގު މައުލޫމާތުތަކެއް ކަމަށް މަހުލޫފު ވަނީ ވިދާޅުވެފައެވެ.

މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން ސިޔާސީ މަގާމުތަކަށް ކޮންމެ މަހަކު އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ހަރަދު ކުރަމުން ގެންގޮސްފައިވާ އިރު، އިބޫގެ ސަރުކާރުން އެ ހަރަދު ވަރަށް ބޮޑަށް ދަށްކުރާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

"މިއީ ކަނޑައެޅިގެން ގޯސް މައުލޫމާތުތަކެއް. ޔާމީންގެ ސަރުކާރުން ސިޔާސީ މަގާމުތަކަށް ކޮންމެ މަހަކު އެތައް ސަތޭކަ މިލިއަން ރުފިޔާ ހަރަދުކުރަމުން ގެންގޮސްފައިވާ އިރު، އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ހަރަދު ވަރަށް ބޮޑަށް ދަށްކުރައްވާނެކަން ޔަގީން،" މަހުލޫފް ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟