މާލެ-ހުޅުލެ ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ތިން ކާރެއް ޖެހި އެކްސިޑެންޓް ވެއްޖެއެވެ.
މިއަދު މި އެ އެކްސިޑެންޓު ހިނގާފައިވަނީ މާލޭން ހުޅުމާލެ އަށް ދަތުރުކުރާ ފަޅީގައެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ މިއަދު މެންދުރުފަހު 2:15 ހާއިރު، ކަމަށާއި، އެކްސިޑެންޓު މި އެކްސިޑެންޓް ހިނގީ އެންމެ ކުރީގައި އޮތް ކާރު ކުއްލިއަކަށް މަޑުކުރުމުގެ ސަބަބުން ފަހަތުން އައި ދެ ކާރު ކޮންޓްރޯލް ނުވެ ގޮސް އެއް ކާރު އަނެއް ކާރުގައި ޖެހިގެން ކަމަށެވެ. ކާރު ކުއްލިއަކަށް މަޑު ކުރަން ޖެހުނީ ހައިވޭގައި މަސައްކަތް ކުރަން ޖަހާފައިވާ ކޯންއެއް، ވަޔާ ކާރާ ދިމާލަށް އައުމުން ކަމަށް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓްގައި ހިމެނޭ ތިން ކާރަކީ ވެސް ޓެކްސީކުރަން ބޭނުންކުރާ ތިން ކާރެވެ. އެ ތިން ކާރުގެ ޑްރައިވަރުންގެ އަތުގައިވެސް ލައިސަންސް އޮވެއެވެ.
"ވަން"އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަަމަށެވެ.
ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ބަލަމުންނެވެ.