މިއަހަރު ނުކުތް ފިލްމު "މަނިކަރްނިކާ: ދަ ކްއީން އޮފް ޖާންސީ"ން ބޮލީވުޑަށް ތައާރަފުވި އަންކިތާ ލޮކަންޑޭ އަށް މިވަނީ ބޮޑު އެހެން ފިލްމަކުން ޖާގަ ލިބިފައެވެ.
ޓީވީ ސީރީޒް، ޕަވިތުރަ ރިޝްތާ އިން މަގުބޫލުކަން ލިބި ބޮލީވުޑުން އަންކިތާ ޖާގަ ހޯދާފައިވާއިރު އޭނާ ދެވަނައަށް ސޮއި ކޮށްފައިމިވަނީ ފިލްމު "ބާޣީ 3" އަށެވެ. އެ ފިލްމުގައި އޭނާ ފެނިގެންދާނީ ޝްރައްދާގެ ދައްތަގެ ރޯލުންނެވެ.
ފިލްމުގައި ޓައިގާ ޝްރޮފް އާއި ޝްރައްދާގެ އިތުރުން ރިތޭޝް ދޭޝްމުކްވެސް ލީޑް ރޯލުން ފެނިގެންދާނެއެވެ. ރިތޭޝް ކުޅެނީ ޓައިގާ ގެ ބޭބެ ގެ ރޯލެވެ.
ފިލްމާ ގުޅުމަށްފަހު އަންކިތާ ބުނީ ފިލްމު މަނިކަރްނިކާއަށް ފަހު ކުޅެން ބޭނުންވީ ހަލަބޮލި ފިލްމެއް ކަމަށާއި ބާޣީ ތިނެއްގައި ޑައިރެކްޓަރު އަހުމަދު ޚާން، ޝްރައްދާ، ރިތޭޝް އަދި ޓައިގާ އާއެކު މަސައްކަތް ކުރަން ލިބުމަކީ ބޮޑު ކުރިއެރުމެއްކަމަށެވެ. ނަމަވެސް ފިލްމުގައި އޭނާއަށް ފުދޭވަރަކަށް ޗެލެންޖް ތަކާ ކުރިމަތި ވާނެ ކަމަށާއި އޭނާ ކުޅޭ ރޯލު އޯޑިއަންސަށް ހަމަގައިމުވެސް އާދަޔާ ހިލާފު ވާނެކަމަށް ދެކޭ ކަމަށް އަންކިތާ އިތުރަށް ބުނެފައިވެ އެވެ.
ބާޣީ އެކެއް އަދި ދެޔަކާ ހިލާފަށް ބާޣީ ތިނަކީ އާއިލީ ގުޅުމުގެ މައްޗަށް ހަދާ ފިލްމެކެވެ.