އިންޑިއާގެ ވެރިރަށް ދިއްލީގައި ދިވާލީ ފާހަގަ ކުރުމަށް ބޭނުންކުރި ބަޑިބޭހުގެ ސަބަބުން ވައި ތަޣައްޔަރުވެެއްޖެއެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ ހިންދީ ދީނުގެ އުފާފާޅުކުރުމުގެގޮތުން ދިވާލީ ފާހަގަކުރުމަށް ބަޑިބޭހުގެ ކުޅިވަރު ބޭއްވުމުގެ ހުއްދަ ދެ ގަޑިއިރަށް ދީފައެވެ. ނަމަވެސް ބަޑިބޭހުގެ ހަރަކާތްތައް ގިނަ ވުމުގެ ސަބަބުން އެންމެ ދެ ގަޑިއިރު ތެރޭގައި މުޅި ދިއްލީގެ ވައި ވަނީ ނުސާފުވެފަ އެވެ.
ދިއްލީގެ ބައެއް ހިސާބުތަކުގައި އިންސާނުންގެ ފުރާނައަށް ނުރައްކާވާ ވަރަށް ދުމުގެ ސަބަބުން ތަޣައްޔަރު ވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. ދިއްލީގައި ހުންނަ އެމެރިކާގެ އެމްބަސީން ވެސް ވަނީ ދިއްލީގެ ވައިގެ ސާފު މިންވަރު ނުރައްކާތެރި ދަރަޖައަކަށް ގޮސްފައިވާކަމަށް ބުނެ ޓުވީޓް ކޮށްފައެވެ.
އިންޑިއާގެ އެތައް ބަޔަކު ދަނީ ސުޕްރީމް ކޯޓުން ބަޑިބޭސް ބޭނުން ކުރުމުގެ ހުއްދަ ދިނުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް މީސްމީޑިއާގައި ޝުއޫރު ފާޅުކުރަމުންނެވެ.