ބޮލީވުޑް

ސާންދް ކީ އާންކް ޓްރެއިލާ: އަންހެނުން ޝޫޓަރުންގެ މޮޅިކަން ފެނިގެންދޭ

ގިނަ ދުވަސްތަކަކަށްފަހު ތާޕްސީ ޕަންނު އަދި ބޫމީ ޕެޑްނޭކަރު ލީޑް ރޯލުން ފެނިގެންދާ ފިލްމު "ސާންދް ކީ އާންކް" ގެ ޓްރެއިލާ ރިލީސްކޮށްފިއެވެ.

މި ފިލްމަކީ ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ އަންހެން ޝޫޓަރުންގެ ދިރިއުޅުމުގެ މައްޗަށް އުފައްދާ ފިލްމެކެވެ.

ޓްރެއިލާ އިން ފެންނަނީ 60 އަހަރު ވެފައިވާ ދެ އަންހެނުން މުޖުތަމައުގެ ގޮންޖެހުންތަކަށް ނުބަލައި ޝޫޓް ކުރުމަށް ނުކުންނަ މަންޒަރެވެ. އެކަންތައް އެމީހުން ކުރަނީ އެމީހުންގެ އަންހެން ދަރިންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމަށެވެ. ޝޫޓް ކުރަން ފެށުމާއެކު އެނގިގެން ދާ ކަމަކީ އެމީހުންނަކީ އެންމެ މޮޅަށް ޝޫޓް ކުރާ މީހުންހާ މޮޅު ޓެލެންޓެއް ލިބިފައިވާ ބައެއް ކަމަށެވެ.

އަނުރާގް ކެޝަޕް ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު ރިލީސް ކުރާނީ އިންޑިއާގެ ދިވާލީއާ ދިމާކޮށެވެ.