ހަސަން ލަތީފް

ހަސަން ލަތީފް، ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރަން ނިންމައިފި

1

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައިފިއެވެ.

މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ހަސަން ލަތީފް ވާދަކުރައްވާކަން އިއުލާންކުރެއްވީ އޭނާ ކުރެއްވި ޓުވީޓަކުންނެވެ.

ހެންވޭރު ހުޅަނގު ދާއިރާއަކީ މަޖިލީހަށް މިފަހަރު އިތުރުކުރި ދާއިރާއެކެވެ. އެއީ ހުޅުހެންވޭރު ދާއިރާގެ ބަދަލުގައި އިތުރުކުރި ދާއިރާއެކެވެ. ހެންވޭރު ހުޅަނގު ދާއިރާއާއެކު ދެން އިތުރުކޮށްފައިވަނީ ހުޅުމާލޭ ދާއިރާއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވި ހަސަން ލަތީފަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ޔޫތު މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟