ބަތަލާ ޝުޝްމިތާ ސެން ދަނީ އޭނާގެ ރޫމާޑް ބޯއި ޕްރެންޑްއާއެކު ގިނަ ސުރުހީތަކަކުން ޖާގަ ހޯދަމުންނެވެ.
ރަސްމީކޮށް އަދިވެސް ޝުޝްމިތާގެ ފަރާތުން އެގުޅުމުގެ ވާހަކަ އިއުލާންކޮށްފައި ނުވާއިރު މިހާރު ވަނީ އަންނަ އަހަރު ޝުޝްމިތާ އާއި ރޮހްމަން ޝޯލް ކައިވެނި ކުރަން ނިންމާފައިވާ ވާހަކަތައް ފެތުރިފައެވެ. އަޑުތައް ފެތުރިފައިވާ ގޮތުގައި މި ދެމީހުން ޑޭޓް ކުރާތާ ދެމަސް ވަނީ ވެފައެވެ. ޝުޝްމިތާ ރޮހްމަން ދިމާވީ ފެޝަން ގާލާ އަކުންނެވެ.
ޝުޝްމިތާގެ ދެ ދަރިން ލިބިފައިވާ އިރު އެ ދެކުދިންވެސް ރޮހްމަންއާ ވަރަށް ގާތް ކަމުގެ އަޑުތައްވެސް ވަނީ ފެތުރުގައެވެ. ރޮހްމަން ވަނީ ޝުޝްމިތާ އާއި އޭނަގެ ދެ އަންހެން ދަރިންނާއެކު މިފަހަރުގެ ދިވާލީވެސް ފާހަގަ ކޮށްފައެވެ. ޝުޝްމިތާ އަންނަނީ އޭނާ އާއި ރޮހްމަން އެކީގައި ނަގާފައި ހުންނަ ފޮޓޯތައްވެސް އިންސްޓަގްރާމުގައި ހިއްސާކުރަމުންނެވެ.