ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން

މާލޭގައި ކެމިކަލް ރައްކާކުރާ ފަރާތްތަކަށް ތިލަފުށިން ވެއާހައުސް ޔުނިޓް ކުއްޔަށް ދޭން ހުޅުވާލައިފި

1

މާލޭގައި ކެމިކަލް އާއި އެނޫންވެސް ނުރައްކާތެރި ސާމާނު ރައްކާކުރާ ފަރާތްތަކަށް ތިލަފުށިން ވެއާހައުސް ޔުނިޓް ކުއްޔަށް ދިނުމަށް ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް) އިން ނިންމައިފިއެވެ.

އެ ކުންފުނިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިވަގުތު މާލެއާއި އެނޫންވެސް މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ބޭނުން ކުރަމުންދާ ކެމިކަލް އަދި އެނޫންވެސް ނުރައްކާތެރި ސާމާނު ރައްކާކުރަމުންދާ ގުދަންތައް ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާއި މުއައްސަސާތަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ. އަދި އެފަދަ މުދާ މާލޭގައި ރައްކާކުރާ އަދި ކުރަމުންދާ ފަރާތްތަކަށް ތިލަފުށިން ވެއާހައުސް ޔުނިޓް ކުއްޔަށް ދިނުމަށް ނިންމާފައިވާތީ އިއްޔެ އިން ފެށިގެން އެކަމަށް ހާއްސަ ފޯމެއް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި އެ ފޯމް ކުންފުނީގެ ވެބްސައިޓުންނާއި ރިސެޕްޝަނުން ލިބޭނެ ކަމަށް ޖީއެމްއައިޒެޑް އިން ބުނެއެވެ.

އެ ކުންފުނިން ބުނީ، ވެއާހައުސް ޔުނިޓްތައް ކުއްޔަށް ދޫކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދެވޭނީ މިވަގުތު ކެމިކަލް ގުދަންކުރަމުން ގެންދާ ފަރާތްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި މުދާ މިވަގުތު ގުދަންކޮށްފައިވާ ފަރާތަކަށް ކަމަށެވެ.

އަދި އެކަންކަމާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންނަމަ އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 7957601 އަށް ގުޅުމަށް އެދޭ ކަމަށް ޖީއެމްއައިޒެޑްގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟